ނެށުމާއި ޑްރާމާގެ ހަރަކާތްތަކާއެކު ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކޮންސެޓް މިއަދު ފަށަން ނިންމައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު 16:00ގައި ފަށާ މި ކޮންސެޓުގައި ގިނަ ދަރިވަރުންތަކެއް ބައިވެރިވާނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ރައުފަތު ސޯދިގު ވިދާޅުވީ ބިލަބޮންހައި ސްކޫލުގައި ބާއްވާ މިކޮންސެޓަކީ ކޮންމެ އަހަރަކު ބާއްވާ ހަރަކާތެއް ކަމަށެވެ. މިއީ ސްކޫލުގެ ކުދިންގެ ހުނަރުތައް ދެއްކުމާއި އެކުދިން މަސައްކަތުގައި މަސްއޫލުކުރުވުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. ރައުފަތު ވިދާޅުވީ މިކޮންސެޓްގައި ޓީޗަރުންގެ ބެލުމުގެ ދަށުން ހުރިހާ މަސައްކަތެއް ކުރާނީ ދަރިވަރުން ކަމަށެވެ.
"ކޮންސެޓަށް ތައްޔާރުވުމާއި، ޓެކްނިކަލް ކަންތައްތައް ކުރާނީ ދަރިވަރުން. ބޭނުންވަނީ ދަރިވަރުން އަމަލީ މައިދާނުގައި މަސައްކަތްތެރި ބަޔަކަށް ހަދަން. މިގޮތަށް ގިނަ ދަރިވަރުންތަކެއް އެއްކޮށް މަސައްކަތުގައި އުޅުނީމަ ގުޅުން ބަދަހިވެ އެކުގައި މަސައްކަތް ކުރަން ވެސް ދަސްވާނެއް ނުންތޯ" ރައުފަތު ވިދާޅުވިއެވެ.
އެކި ގްރޫޕްތަކަށް ބަހައިގެން ބާއްވާ މިކޮންސެޓަކީ އެސްކޫލުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރާކަތް އެސްކޫލުން މައުލޫމާތުދެއެވެ.
ބިލަބޮންގް ހައި ސްކޫލުގެ މިކޮންސެންޓްގެ އެންމެ މަހު ޝޯ އޮންނާނީ މިމަހުގެ 8 ވަނަ ދުވަހު ރޭގަނޑު އެވެ.