ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 08:42
ނަޝްފާ ޙަސަން
ނަޝްފާ ޙަސަން
ޕޮލިސް
ބަންދުގެ މުއްދަތު ޖެހުން
ނަޝްފާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ދެ ކުދިންގެ ބަންދަށް 15 ދުވަސް
ހައްޔަރު ކޮށްފައިވަނީ ދެ އަންހެން ކުދިން

އުމުރުން 15 އަހަރުގެ ނަޝްފާ ހަސަންއަށް ހުޅުމާލޭގައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުދިންގެ ބަންދަށް 15 ދުވަސް ޖުވެނައިލް ކޯޓުން ޖަހައިފިއެވެ.

މިމައްސަލާގައި ހައްޔަރުކުރި ދެ އަންހެން ކުދިން ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރާއި 17 އަހަރުގެ އަންހެން ކުއްޖެކެވެ.

ތިން އަންހެން ކުދިން ވެގެން ނަޝްފާއަށް އަނިޔާކުރާ ތަން ފެންނަ ވީޑިއޯއެއް މީގެ ހަފުތާއެއްހާ ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާތަން އެ ވީޑިއޯއިން ފެނެއެވެ. އެ މަންޒަރު ވީޑިއޯ ކޮށްފައިވަނީ އެ ގުރޫޕުގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެއެވެ.

ވީޑިއޯ ވައިރަލް ވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން އެ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދެ ކުއްޖަކު ވަނީ، ކުށް ގަަބޫލުކޮށް ސޯޝަލް މީޑިއާގައި މައާފަށް އެދިފައެވެ.

ވީޑިއޯ ވައިރަލް ވުމާއެކުހެން ނަޝްފާ ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށް، އެ ކުއްޖާ ހޯދުމަށް ފޮޓޯ އާއްމުކުރުމުން އޭގެ ދެ ދުވަސް ފަހުން ނަޝްފާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 ސެޕްޓެންބަރ 2018 | އަންގާރަ 08:53
Junaid
RY mi mahsalaeh balanjeheyne mikamuga baiverivaa meehun hayyaru kuran jeheyne nooni Yaamin Istiufaa dhee