ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 06:17
ރައީސް ޔާމީން ތޮއްޑު އަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް މަރުޚަބާ ކިޔަނީ
ރައީސް ޔާމީން ތޮއްޑު އަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް މަރުޚަބާ ކިޔަނީ
ރައީސް އޮފީސް
ރިޔާސި އިންތިޚާބު 2018
ތޮއްޑޫން ގޯތި ދޫކުރަން ހުއްދަ ދިނުން: ކައުންސިލުން ދެކެނީ އޮޅުވާލަން ކުރި ކަމެއްގެ ގޮތުގައި!
ވެފައިވާ ވައުދުތަށް ފުއްދަވާނުދެއްވާ އަނެއްކާވެސް ހަމަ އެވައުދުތައް ވެވަވަޑައިގެންނެވި
82 ގޯތި ދޫކުރަން ހުއްދަ ދިންއިރު، މީގެ ކުރިން އޮތީ އެކަން ހިފަހައްޓާފައި

ގޯތި ދޫކުރުމުގެ މައްސަލާގައި އއ.ތޮއްޑޫ ރައްޔިތުންނަށް ރައީސް ޔާމީން އޮޅުވާލައްވާފައިވާ ކަމަށް ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ހަސަން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން 3 ސެޕްޓެމްބަރުގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށު ރައްޔިތުންނާއި މުޚާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި 82  ގެވަޅު ދޫކުރެއްވުމަށް ހުއްދަދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެއެވެ.

ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުވާލެއްވުމެއް ކަމަށާއި، ކައުންސިލުން ރައްޔިތުންނަށް ގޯތި ދޫކުރެއްވުމަށް މިހާތަނަށް ކުރައްވަމުން އައި މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާއިރު، މިއަދު ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، މިއަދު މެންދުރު 1.54 ގައި ގޯތި ދޫކުރެއްވުމަށް ހުއްދަދެއްވާފައިވާ ކަމަށެވެ.

ހަސަން އަބްދުﷲ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ގޯތިދޫކުރައްވަން ކައުންސިލުން މަސައްކަތް ކުރައްވަމުން އަންތާ އެތަށް ދުވަހެއްވިއިރު ، ސަރުކާރުން މިހާތަނަށް އިޖާބަ ނުދެއްވާ އެކަން ހުއްޓުވާފައިވާ ކަމަށެވެ.

 

ރައީސް ޔާމީން ތޮއްޑު އަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް މަރުޚަބާ ކިޔަނީ

ރައީސް ޔާމީން އެރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނަށް ކޮންމެވެސް ވައުދެއް ވުމުގެ ބޭނުމުގައި ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި މިކަން ސިފަކުރައްވާ ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ހަސަން އަބްދުﷲ ވިދާޅުވީ ކުރިން ހުއްދަ ދެއްވާފައި ހުރި ބިންތަށް ދޫކުރަން ކައުންސިލްއިން މަސައްކަތް ކުރެއްވުމުންވެސް ހައުސިންގ މިނިސްޓްރީ އާއި އެލްޖީއޭއިން އެކަން ހުއްޓުވާފައިވާއިރު، އެފަހަރުވެސް ކައުންސިލަށް ދޫކުރެއްވުނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ވަކި ބިމެއް ކަމަށާއި، އެވެސް  ބިޑަކާއި ނުލައި ކަމަށެވެ. ހަސަން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންވެ ވަޑައިގެންނެވި ވައުދުތަކަކީ މީގެ ކުރިންވެސް ވައުދުވެވަޑައިގެން ފުއްދަދެއްވާފައިނުވާ ވައުދުތަކެއް ކަމަށެވެ.

ގޮތުން ރައީސް ޔާމީން ދެން އަންނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އެރަށުގެ ބަނދަރު ޒަމާނީ ބަނދަރަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މިއީ ކުރިން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ބަޖެޓްގައި މިހާރުވެސް ހިމަނުއްވާފައިވާ ކަމެއް ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިންވެސް ވެވަޑިގެންފައިވާ ވައުދުތަށް ފުއްދަވާ ނުދެއްވާ ދެވަނަ ފަހަރަށް އަނެއްކާވެސް އެކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާތީ އެ މަނިކުފާނުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ތޮއްޑޫ އަކީ މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް އިހްމާލްވެފައިވާ ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ހަސަން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެރަށުގައި އަޅުއްވަން ފެއްޓެވި ފުޓްސަލް ދަނޑުވެސް އަދިވެސް ނިމިފައިނުވާ ކަމަށެވެ.

މެޑަމް ފާތުން އެ ރަށުގައި އޭޓީއެމް އެއް ބަހައްޓައިދޭނެ ކަމަށް ވެ ވަޑައިގެންނެވި ވައުދުވެސް އަދިވެސް ފުއްދަދީފައިނުވާ ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ތޮއްޑޫ އަކީ ގިނަ ގެސްޓްހައުސްތަކެއް ހުންނަ ރަށެއް ކަމަށާއި، ސަރުކާރަށް ގްރީން ޓެކްސް ދައްކަމުން އަންނައިރު ރަށުގެ މަގުތަށްވެސް ހައްދަވައިދެއްވާފައި ނުވާ ކަމަށެވެ.

އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ރައީސް ޔާމީން ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގައި. އެމަނިކުފާނު ބޮޑެތި ވައުދުތަށް ވަމުން އަންނައިރު، އެ މަނިކުފާނުގެ ރިޔާސީ 5 އަހަރުގެ ދައުރުގައި ރާއްޖޭގެ ރަށްތަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ގިނަ ވައުދުތަށް ފުއްދަދެއްވާފައި ނުވާތީ އެކަމާއި، ގިނަ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް