ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓް ފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮލަމާފުށިން ހައްޔަރުކޮށްފައިވަނީ އެމްޑީޕީއިން ވޯޓް ފޮށިތަކަށް ކަނޑައެޅި އޮބްޒާވަރުން ކަމަށާއި، އަދި ވޯޓްލާ ދުވަހު ހަރަކާތްތެރިވާނެ އެކްޓިވިސްޓުން ކަމަށެއެވެ.
އެ މަނިކުފާނުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ވޯޓް އޮޅުވާލުމުގެ އުއްމީދުގައި ކުރެވުނު ކަމެއްނަމަ މިކަމުގެ އަސަރު އެބުރުނީ އެމްޑީޕީ ކޮޅަށް ކަމަށާއި، އިބޫއަށް ކޮލަމާފުށިން ލިބޭނެ ވޯޓްވާނީ އިތުރު ކަމަށެއެވެ.
Kolamaafushin hayyaru koffa vanee MDP in vote foshi thakah kan’daelhi observerun adhi vote laa dhuvahu harakaiytherivaane activistun.Mi ee vote olhuvaalumuge unmeedhugai kurevunu kameh nama,mikamuge asaru enburunee MDP kolhah.Hon @ibusolih ah Kolamaafushin libey vote vee ithuru
— Mohamed Nasheed (@MohamedNasheed) September 3, 2018
ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ވިލިގިނލިއިން 18 މީހަކު ހައްޔަރުކޮށްފައިވަނީ އޯގަސްޓްމަހުގެ 29 ވަނަ ދުވަހުއެވެ.
ހައްޔަރު ކުރި 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި ގއ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އާދީއްތަ ދުވަހުވަނީ ހުށަހަޅާފައެވެ.
ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެއެވެ.
މި މީހުން ހައްޔަރުކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެއެވެ.