ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 20:29
ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު --
ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު --
މޯލްޑިވްސް ޕޮލިސް ސާރވިސް
ހަމަލާދީ މީހަކު މަރާލުން
އާގިލް މަރާލި މައްސަލާގައި މީޙަކު ހޯދަން އިއުލާން ކޮށްފި
ހޯދަމުންދަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ)

ނިމުނު އޮގަސްޓް 31 ވަނަ ދުވަހުގެރޭ  އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލާފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) ކަމަށެވެ.

ފުލުހުން ބުނީ ހަމްދޫން ހަމްޒަތު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އާގިލަށް ހަމަލާދިން ރޭ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވެފައި ވަނީ އާގިލް އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ އެ ރޭ 7:30 ހާއިރު ކަމަށާއި، ގެނައިއިރު ވެސް ފުރާނަ ހުރި ކަމަކަށް ނުބެލޭވޭ ކަމަށެވެ. 

އެމްއެމްއޭ ކައިރިން އެ ޒުވާނާއާއަށް ހަމާލާދީފައިވާއިރު މަންޒަރު ދުށް މީހުން ބުނީ ވަޅި ހެރީ އެ ރޭ 7:15 ހާއިރު ކަމަށާއި، ވަޅި ހަރާފައިވަނީ އެމީހާގެ ކުރިމަތިން އައިސް ކަރުގެ މެދަށް ކަމަށެވެ. އެވަގުތު އެމީހާ އެތަނަށް ވެއްޓުނު ކަމަށާއި، ނޭވާ ނުލެވިގެން ތެޅި ގަތްކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މިނިމުނު އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން މާލެއާއި، ހުޅުމާލޭގައި މާރާމާރީތައް ހިންގުން ވަނީ އާންމުވެފައިއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މާފަންނު ކޮޅުގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.

- ކޮމެންޓް