ކ. މާލެ
|
3 ސެޕްޓެންބަރ 2018 | ހޯމަ 19:47
އިބޫގެ ހުވަދު ދަތުރުފުޅުގެ އަމަން ބެލެހެއްޓެވުމަށްޓަކާ ފުލުހުން ހަރަކާތްތެރިވަނީ
އިބޫގެ ހުވަދު ދަތުރުފުޅުގެ އަމަން ބެލެހެއްޓެވުމަށްޓަކާ ފުލުހުން ހަރަކާތްތެރިވަނީ
އަވަސް
ރިޔާސީ އިންތިހާބު 2018
ފުލުހުންނަށް ތައުރީފު ކުރައްވަމުން، ހުވަދޫ ދަތުރުފުޅު އިބޫ ނިންމަވާލައްވައިފި
މީހުން ދިރިއުޅޭ 18 ރަށަކަށް އިބޫ ވަޑައިގެންނެވި
އިބޫގެ ދަތުރަށް ހާއްސަވެފައި ތިބީ ފުލުހުންގެ ވަކި ޓީމެއް
ދެ ރަށެއްގައިފުލުހުންނަށް ތައުރީފު ކުރެއްވި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދޫ އަތޮޅުގެ 18 ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފުލުހުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައި، ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އިބޫ ފެއްޓެވި ހުވަދޫ ދަތުރުފުޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި ދަތުރުފުޅު ނިންމާލެއްވީ ހޯމަ ދުވަހުގެ ހަވީރު، މަޑަވެލިންނެވެ.

މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ އެހީތެރިވި ފުލުހުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ފުލުހުން އަދާކޮށްފައި ވަނީ އެބޭފުޅުންގެ ދައުރު ކަމަށެވެ. ދެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އެއީ ގއ. ވިލިނގިލީގައި ބޭއްވި ހުވަދޫ ބޮޑު ޖަލްސާގައްޔާއި މަޑަވެލީގައި ބޭއްވި ޖަލްސާގައެވެ.

އިބޫ ހުވަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ރަށްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވީ 30 ވަރަކަށް ފުލުހުންނެވެ. ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުން ވެސް ހިމެނޭ ގޮތަށް އެ ޓީމުން ވަނީ އިބޫ ވަޑައިގެންނެވި ކޮންމެ ރަށެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ހުވަދޫގެ ކޮންމެ ރަށަކަށް އިބޫ ވަޑައިގެންނެވުމުގެ ކުރިން އެ ފުލުހުން ވަނީ އެ ރަށްތަކަށް އަރައި، ހަމަނުޖެހުމަށް މަގުފަހިވާނެ ކަންކަން ހުއްޓުވާފައެވެ. އެގޮތުން އިބޫ ވަޑައިގަންނަވާ ވަގުތު ޖަގަހަތަކުން ލަވަ ޖެހުން ހުއްޓުވައި، ޕީޕީއެމް ޖަހަގަތަކުން މީހުން ނުކުމެ، އިބޫގެ ދަތުރުޅަށް ހުރަސް އަޅާފާނެތީ ބައެއް މަގުތައް ބަންދުކޮށް ކޯޑަންކޮށްފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ހުވަދޫއަށް އިބޫ ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ގއ. އަތޮޅުގެ ނުވަ ރަށަކަށާއި ގދ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންފައިވެއެވެ. ހުވަދޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ވަޑައިގެންނެވިއިރު، ގުޅިފައިވާ ޕާޓީތަކުން ދެން ވަޑައި ނުގަންނަވާ ހަމައެކަނި އަތޮޅަކީ ހއ. އަތޮޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
3 ސެޕްޓެންބަރ 2018 | ހޯމަ 14:43
ވޯލް
ޔާމީނަށް ތާއީދު އެންމެ ބޮޑަށް ނެތް ރަށްތަކުގައި ޑްރާމާއެއް ޖެއްސީ. ޔާމީނު އަރާއިރު އެމްޑީޕީ ހަރުގެތއަށް ބަންދުކުރާތީ. އޭގެ ބަދަލުގައި މީހުންނެތް ޕީޕީއެމް ގެ ޖަގަހަތައް ބަންދުކުރީ.