އިނގިރޭސިވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެ ޓީވީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް ހޯމަ ދުވަހު ކުރެއްވި ޒިޔާރަތުގައި ވަނީ ރާއްޖެ ޓީވީގެ މުވައްޒިފުންނާއި ބައްދަލުކުރައްވާ ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މީގެ އިތުރުން ސަފީރުގެ ވަރަށް ޚާއްސަ އިންޓަރވިއުއެއް ރާއްޖެޓީވީއަށް ވަނީ ދެއްވާފާއެވެ.
އިނގިރޭސި ސަފީރު ރާއްޖެޓީވީއަށް ޒިޔާރަތް ކުރައްވާފައިވާއިރު، ދާދިފަހުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު އަތުލް ކޭޝަޕް، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ނިމުމާއި ގުޅިގެން އެނބުރި ޤައުމަށް ވަޑައިގަތުމުގެ ކުރިން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖެޓީވީއަށް ވަޑައިގެން ރާއްޖެޓީވީގެ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.