ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 23:52
ބުލީކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް
ބުލީކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް
ޓްވިޓަރ
ބުލީގެ ޝިކާރައަކަށްވި ކުއްޖާ
ނަޝްފާއަށް އަނިޔާކުރި ކުދިން ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ ދެ އަންހެން ކުދިން
ވީޑިއޯގައި ފެންނަނީ ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު

އުމުރުން 15 އަހަރުގެ ނަޝްފާ ހަސަންއަށް ހުޅުމާލޭގައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ދެ އަންހެން ކުދިން މިރޭ ހައްޔަރުކޮށްފިއެވެ.

ތިން އަންހެން ކުދިން ވެގެން ނަޝްފާއަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް މީގެ ހަފުތާއެއްހާ ކުރިން ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާތަން އެ ވީޑިއޯއިން ފެނެއެވެ. އެ މަންޒަރު ވީޑިއޯ ކޮށްފައިވަނީ އެ ގުރޫޕުގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެއެވެ.

ފުލުސް އޮފީހުން މިރޭ ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 18 އަހަރާއި 17 އަހަރުގެ އަންހެން ކުއްޖެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ވީޑިއޯ ވައިރަލް ވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން އެ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދެ ކުއްޖަކު ވަނީ، ކުށް ގަަބޫލުކޮށް ސޯޝަލް މީޑިއާގައި މައާފަށް އެދިފައެވެ.

ވީޑިއޯ ވައިރަލް ވުމާއެކުހެން ނަޝްފާ ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށް، އެ ކުއްޖާ ހޯދުމަށް ފޮޓޯ އާއްމުކުރުމުން އޭގެ ދެ ދުވަސް ފަހުން ނަޝްފާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް