ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 12:10
ރައީސް އަބްދުﷲ ޔާމީން (ވ) އަދި އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އަބްދުﷲ ޔާމީން (ވ) އަދި އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫގެ އިންޒާރެއް ރައީސް ޔާމީން: ހުންނަން ބޭނުންނަމަ، ގާނޫނާ އަމަލު ކުރައްވާ!
ރައީސް ޔާމީން ބަލިވާނެކަމާމެދު ޝައްކެއް ނެތް: އިބޫ
ދާ އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ވިދާޅުވި
މާރެހާގައި ރިސޯޓެއް ހައްދަވާނެ ކަމަށް އިބޫ ވިދާޅުވި

ރިޔާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ގާނޫނާ އެއްގޮތަށް އަމަލު ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދެއްވައިފިއެވެ.

ގއ. ގެމަނަފުށީގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކަށް ރާޢްޖޭގެ ބޮޑު އާބާދީއެއްގެ ތާއިދު ލިބިފައިވާ ކަމަށާއި ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"ޔާމީނަށް ލިބިވަޑައިގަންނަވާނެ ދުވަސްކޮޅަކު ވެރިކަމުގައި ހުންނަން. ނޮވެމްބަރު 17އާ ހިސާބަށް. އެ ލިބޭ ދުވަސްކޮޅުގެ ތެރޭގައި ވެސް އެ މަނިކުފާޏު ހުންނަވަން ޖެހޭނީ ގާނޫނޫއަސާސީގެ ތެރޭގައި. އެ ނޫން ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން. އެމަނިކުފާނު އެ ދުވަސްކޮޅު ވެރިކަމުގައި ހުންނަން ބޭނުންކަމުގައި ވަންޏާ ގާނޫނާ އެއްގޮތަށް ކަންތައް ކުރަށްވަން ޖެހޭނީ. ރައްޔިތުން ވެސް ތިބޭނެ، އަޅުގަނޑުމެން ވެސް ތިބޭނެ،" އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެންނެވޭކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ޖަލަށްލާފައިވާ ފަރާތްތައް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވްނަ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ހައްޔަރުކޮށްފައި ތިބި 16 މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ގެމަނަފުށްޓަކީ މަސްވެރިން ގިނަ ރަށަކަށް ވާތީ، އިބޫ ވިދާޅުވީ ރާއްޖޭގެ އިކޮނަމިކް ޒޯން ތެރޭގައި ބޭރުގެ ބޯޓުތަކުން ހުއްދަ ނަގައިގެން، ދާ އަޅައިގެން މަސްވެރިން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެ އުޅަނދުފަހަރަށް ދީފައިވާ ލައިސަންސްގެ މުއްދަތު އިތުރު ނުކުރާނެ ކަމަށާއި އިތުރު ބަޔަކަށް ދެން ހުއްދަ ވެސް ނުދައްވާނެ ކަމަށެވެ.

"ރާއްޖޭގެ އިކޮނަމިކް ޒޯންގައި މިހާރު ލައިސެންސް ލިބިގެން ބޭރުގެ އުޅަނދު ފަހަރަށް ދީފައި އޮތް ލައިސަންސް އިތުރެއް އަޅުގަނޑުމެން ދެން ނުކުރާނަން. އަދި އިތުރަކަށް އެހެން ބަޔަކަށް އަޅުގަނޑުމެން ހުއްދައެއް ދިނުމެއް ނޯންނާނެ. ރާއްޖޭގެ މަސްގަނޑުތަކަކީ ދިވެހި މަސްވެރިންނަށް ހާއްސަ ކުރެވިފައިވާ ތަނަކަށް އެކަނި ވެގެންދާނެ،" އިބޫ ވިދާޅުވިއެވެ.

ގެމަނަފުށި ކައިރީގައި ރިސޯޓު ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެގޮތުން ގެމަނަފުށީ ކައިރީގައި އޮންނަ ގއ. މާރެހާ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައެވެ.

"އެމްޑީޕީގެ ސަރުކާރުން ވެސް ނިންމާފައި އޮތް ކަމެއް މާރެހާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް. އަނެއްކާވެސް އެ ސިޔާސަތު ތަންފީޒުވެގެން ގޮސް، މި ރަށާ ކައިރީގައި ރިސޯޓު ހުޅުވި މި ރަށާ ކައިރީގައި ވަޒީފާ ފުރުސަތު އިރާދަ ކުރެއްވިއްޔާ މި ރަށަށް ވެސް ފަހިވެގެންދާނެ،"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް