ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 14:55
ނ. މާފަރު
ނ. މާފަރު
ގޫގުލް
ކަރަންޓް ކެނޑުން
ނ. މާފަރުން ކަރްންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ނުލިބިފައި!
ކަރަންޓް މައްސަލަ ދިމާވަމުންދާތާ ދެ މަހެއްހާ ދުވަސް ވަނީ ވެފައި
ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ކަރަންޓް ކެނޑޭ

ނ. މާފަރަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ނުލިބި، ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވާން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މާފަރު މީހަކު ބުނީ އެރަށުގައި ކަރަންޓް މައްސަލަ ދިމާވަމުންދާތާ ދެ މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ދޭއް ނުވަތަ ތިން ގަޑިއިރަށް ކަރަންޓް ކެނޑޭ ކަމަށް އޭނާ ބުންޏެވެ.

އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ މާފަރަށް ކަރަންޓްގެ މައްސަލަތައް ދިމާވަމުންދަނީ އެރަށުގައި ހުރި ޖަނަރޭޓަރުތައް ހަލާކުވެ މަރާމާތުނުކޮށް ހުރުމުން ކަމަށާއި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދަނީ 80 ކިލޯ ވޯލްޓޭޖްގެ އެންމެ ޖަނަރޭޓަރެއް ކަމަށް އޭނާ ބުންޏެވެ.

 އެ ޖަނަރޭޓަރުގެ އަޑީތެލާއި، ފެނާއި އަދި ރެގިއުލޭޓަރު ބަދަލު ކުރަން ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަރަންޓް ކަނޑަމުންދާ ކަމަށް އޭނާ ބުންޏެވެ.

ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވަން އުޅުއްވި އިރު ކަރަންޓްގެ، މައްސަލަ ދިމާވެދާނެތީ 13 ވޯލްޓޭޖްގެ ޖެނަރޭޓަރެއް ގެންދިޔަ ނަމަވެސް އެ ޖަނަރޭޓަރު ފަހުން ބޭނުން ނުކުރާ ކަމަށް އިންޖީނު ގޭގައި މަސައްކަތްކުރާ މީހަކާ ހަވާލާދީ އޭނާ ބުންޏެވެ.

ކަރަންޓްގެ ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ހައްލެއް ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އިންޖީނު ގޭގައި މަސައްކަތް ކުރާ މީހަކާ ހަވާލާދީ އޭނާ ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް