ކ. މާލެ
|
25 އޯގަސްޓް 2018 | ހޮނިހިރު 13:56
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ރައްޔިތުންގެ ބަސް ބުނަން އިދިކޮޅު ހަދާ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ: އިބޫ
ރައްޔިތުން އިދިކޮޅު ހަދާ މިންވަރު އެމަނިކުފާނަށް ސީދާ މިހާރު ފެންނަމުންދާނެ
އާސަންދައިގެ ހިދުމަތް ހޯދުމަށްޓަކައި ވަކި މީހެއް ކައިރިއަށް ރައްޔިތުން ސާލާން ޖަހަން ދާކަށް ނުޖެހޭނެ

ރައްޔިތުން މަޖިލީހުގައި ތަޅު އަޅުވާ ރައްޔިތުންގެ ބަސް ބުނަން ދެކޮޅު ހަދާ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.   

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން ހޮނިހިރު ދުވަހު ރ. ރަސްމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެކަން އެގޮތަށް ކުރައްވާ ވެރިޔަކަށް ދެވަނަ ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށެވެ.

"ރައްޔިތުން މަޖިލީހުގައި ތަޅު އަޅުވާ ރައްޔިތުންގެ ބަސް ބުނަން އިދިކޮޅު ހަދާ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ. އެއީ އެކަން އޮތް ގޮތް، ރައްޔިތުން އެކަން ދެނެގަނެގެން އެތިބީ ދެވަނަ ފުރުސަތެއް މި ސަރުކާރަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކަށް ރައްޔިތުން ދެނެއް ނުދޭނެ،" އިބޫ ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތް ވަކި ބައެއް މެދުވެރިކޮށް ލިބޭ ނިޒާމެއް މިއަދު ޤާއިމުކޮށްފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ސަރުކާރުގެ ނުފޫޒު އެކަމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނު ވެރިކަމެއްގައި އާސަންދައިގެ ހިދުމަތް ހޯދުމަށްޓަކައި ވަކި މީހެއް ކައިރިއަށް ރައްޔިތުން ސާލާން ޖަހަން ދާން ނުޖެހޭނެ ކަމަށެވެ.   

އިބޫ ވިދާޅުވީ ކޯލިޝަން ވެރިކަމެއްގައި ރ. ރަސްމާދޫގެ ބަނދަރު ރަނގަޅަށް ހެދި، ގިރާ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށާއި ސާފިންގް އެސޯސިއޭޝަނަށް ރަނގަޅު ބަޖެޓެއްދީ އެ އެސޯސިއޭޝަން ހިންގޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް