އެންމެންގެ ތެރެއިން އޭނާ ފާހަގަވެއެވެ. ހަރަކާތްތަށް ވެސް ތަފާތެއެވެ. ޒުވާކުދިންނާ އެއްސަފުގައި އޭނާ ހިފައްޓާލާއެވެ. ސިޔާސީ ކަންތަކުގައެވެ. އެމްޑީޕީގެ ހަރަކާތްތަކުން އޭނާ ފާހަގަވެގެން ދަނީ އެ ޕާޓީގެ މެމްބަރުންނަން އެކަންޏެއް ނޫނެވެ. ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހައްމަދު ސަހީމް އަލީ ސައީދަށް ވެސް އޭނާ ހަމަ ރަނގަޅަށް ވަނީ ފާހަގަވެއެވެ. އޭނާގެ ހަރަކާތްތަކުންނެވެ. ތާއިދު ކުރާ ސިޔާސީ ޕާޓީގެ ހަރަކާތްތަކުން މާގިނައިން ފެންނަނާތީ ކަމަށް ވެސް ވެދާނެއެވެ. މިދައްކަނީ އުމުރުން 87 އަހަރުގެ ފުވައްމުލަކު ހުވަދަގޭ އަބްދުﷲ ދީދީގެ ވާހަކައެވެ. ހުވަދަގޭ ބޭބެގެ ވާހަކައެވެ. ހުވަދުގެ ބޭބެ ޝަހީމް ސިފަ ކުރަނީ "ރައީސް ޔާމީނަން ބޭސްކުރަން ފޮނުވި ޑޮކްޓަރުގެ" ގޮތުގައެވެ.
ޝަހީމް ފުވައްމުލަކު ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ތެރެއިން އެންމެގެ ސަމާލުކަން ހުއްޓުނީ ހުވަދަގޭ ބޭބެ އާއިކު ނަގާފައިވާ ފޮޓޯއަށެވެ. އެއީ ޝަހީމް ހުވަދަގޭގެ ބޭބެ އާކު ފޮޓޯ ނެގުމަކުން ނޫނެވެ. އޭނާގެ ނުރުހުމުގައި ގަދަ ކަމުން ފޮޓޯ ނެގުމުންނެވެ. ޝަހީމާއި ހުވަދަގޭގެ ބޭބެ އާއެކު ފޮޓޯ ނެގުމަށް މީހުންތަށް ވަށާލީ "ހައްޔަރުކުރަން ފުލުހުން ތަކެއް ވަށާލާ" ގޮތަށް ކަމަށް އޭނާ ބުންޏެއެވެ.
"އެތާ މަގުމަތީގައި ތިބި ބަޔަކު، ތިން ވެހިކަލް ވެސް އޮތް، ދެން ބޭބެ ހީކުރީ ކޮންމެވެސް އެކްސިޑެންޓެއް ވެގެން މިމީހުން ވެގެން އުޅޭތީ އެމީހުން ތިބީ ކަމަށް، އެއީ އަލުވިމާގެ ކިޔާ ގޭއެއްގެ ކައިރީގައި، ދެން ކައިރިވަމުން ދިޔަ އިރު އެނގިއްޖެ މިއީ މިހެނެން ނޫންކަން، މި ޝަހީމް މިތާ ހުރެގެންކަން މި އުޅެނީ، ދެން އެހެންވިއަސް، އެމީހުންނާއި ވާހަކަ ދައްކާކަށް ނޫން، މިހެން ދާން ފެށީމަ، އިއްޒައްދީން ކިޔާ ކުއްޖެއް، އެއީ ވަރަށް ތިމާގަ އާއިލީ ކުއްޖެއް، އަތްދިއްކުރީ ސަލާމް ކުރާ ގޮތަށް، އަތް ދިއްކުރީމަ ސަލާމް ވެސް ބަލާއިގަތް، އެއްކެލަ ޝަހީމް އައިސް ވާތް ފަރާތުން ކައިރި ކުރީމަ އަހަރެން ބުނެފިން، ހޯހޯއޭ މަށާ ކައިރި ނުވާތޭ، ތިޔައީ ޔާމީނަން ބޭސްކުރަން ފޮނުވާފައި ހުރި ޑޮކްޓަރަކޭ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އަބްދުﷲ ދީދީ ބުންޏެއެވެ.
ކޮންމެއަކަސް އެތަނުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ހުވަދަގޭ ބޭބެ ވަށާލުމަށްފަހު ޝަހީމާއި އެކު ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށްލިއެވެ. އެކަމުގެ ސަބަބުން ޝަހީމަށް ފާނޑުކިޔުން އަމާޒުވިއެވެ. ގަދަބާރުން ނުރުހުމުން ރައްޔިތުންގެ ތާއިދު ނުލިބޭނެތީއެވެ. ހުވަދަގެ ބޭބެ އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހެއެވެ. ޖެހިގެން އާއި ދުވަހު ކޯލިޝަންގެ ކެނޑިޑޭޓް އިބޫގެ ރަނިންމޭޓް ފައިސަލް ފުވައްމުލަކަށް ވަޑައިގަތުމުން އެތަކެއް ސަތޭކަ މީހުން އެމަނިކުފާންނަން މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ދިޔައިރު، މަރުޙަބާ ދެންނެވުމަށް ހަދާފައިވާ ސަފުގެ އެންމެ ކުރީގައި ހުރީ ހުވަދަގޭ ބޭބެއެވެ. ރީނދޫ ކުލައިގެ ފަޓުލޫނަކާއި ގަމީހަކާއި އޭނާ ލައިގެން ހުންނާތީ މީހުންގެ ސަމާލުކަމަށް އާދެއެވެ.
"އެއީ ދެން ލިބޭއެއްޗެހި، މިހާރު މާލެއިން ވެސް ރައްޓެހި ކުދިން ފޮނުވާފާނެ ފޮތި ވެސް، ފޮނުވީމަ ދެން އެ ފަހައިގެން ބޭބެ އަތުގައި އެ ހުންނަނީ ދެން، ޓީޝާޓާއި އެއްޗެހި ވެސް އެކި މީސްމީހުން ދެން ދެނީ ހަމަ، ދިނީމަ ރައްކާކޮށްފަ ގޭގެ ހުންނަނީ ހަމަ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އަބްދުﷲ ދީދީ ބުންޏެއެވެ.
ކޮންމެ ހަރަކާތުން ވެސް ހުވަދަގޭ ބޭބެ ރީދޫ ކުލައިގެ ގަމީސް ލައިތީ އެނާއަކީ އެމްޑީޕީގެ ސަޕޯޓަރެއްކަން ހާހަމަވެއެވެ. އެ އުމުރުގައި އެހާ އެކްޓިވްކޮށް އުޅެނީ ކީއްވެގެންތޯ ބޭބެ ކުރިން ސުވާލުކޮށްލުމުން ބުނީ ރައީސް ނަޝީދަށް ކުރާ ތާއިދުގެ ސަބަބުންނެވެ. އުމުރުން ދުވަސްވީ މީހުންނަން އެލަވެންސް ދޭން ފެށި ރައީސް ނަޝީދަށް ބޭބެ ހިތުގައި ދީފައިވާ ޖާގައަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި އިންތިހާބު އިބޫއަށް ކާމިޔާބު ކޮށްދިނުމަށް ހުވަދަގޭ ބޭބެއަށް ކުރެވުނުން ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. ނުހައްގުން ޖަލަށްލާފައިވާ ސިޔާސީ އެހެނިގެން ބޭފުޅުންނާ އެކު ރައީސް ނަޝީދު މިނިވަންވާން ކުރާނެ ކަމަށް އިބޫ ވެވަޑައިގެންނެވި ވައުދުގައި ހަގީގީ ކުލަ ޖެއްސުމުގެ ގޮތުންނެވެ.
"ރައީސް ނަޝީދުގެ އެންމެ ރަނގަޅު ކަމަކީ ދިވެހި ރައްޔިތުންކަން ދަނެގެން، އެމީހުންގެ ބޭސްފަރުވާ މިކަހަލަ ކަންތައްތަށް، ސަލާމްޖެހުން ހުއްޓުވާ، އެކަންތަށް ވެސް ކޮށްދީ، އުމުރުން ދުވަސްވީ މީހުންނަން ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަން ވެސް ދީ، ދެން މިހެންގޮސް މިކަހަލަ ކަންތަށްތައް ކުރަން ފަށާއިގެން ގޮސް" ރައީސް ނަޝީދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްދުﷲ ދީދީ ބުންޏެއެވެ.
ސިޔާސީ ކަންކަމުގައި އެހާމެ ހަރަކާތްތެރިކޮށް އުޅޭއިރު، ހުވަދަގޭ ބޭބެ ޕީޕީއެމްގެ ފުވައްމުލަކުގެ މެމެބަރުނަން ދޭ ނަސޭހަތަކީ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދެކިގެން ނޫނީ ބޭބެ އާއި ސިޔާސީ ވާހަކައެއް ނުދެއްކުމަށެވެ. ހެޔޮހިތުން ސަލާމް ގޮވާލި ކޮންމެ މީހެއްގެ ސަލާމް ހެޔޮހިތުން ބަލައިގަންނާނެ ކަމަށެވެ. ޝަހީމްގެ ސަލާތް ވެސް ހެޔޮހިތުން ބަލައިގަތްއިރު، ބޭބެ ބުނާ ގޮތުން ޝަހީމް ނިޔަތް ގޯސް ކަމަށެވެ. އަދި ރައީސް ޔާމީނަނަން ފަރުވާ ހޯދުމަށް ޑޮކްޓަރެއްގެ ގޮތުގައި ޝަހީމް ހަރަކާތްތެރިވި ނަމަވެސް، މުޅި ރާއްޖެއަށް ޖެހިފައިވާ ބަލިމަޑުކަމަށް ޝިފާ ޝަހީމް ނުހޯއްދެވޭނެ ކަމަށެވެ.