ކ. މާލެ
|
24 އޯގަސްޓް 2018 | ހުކުރު 21:50
ފިޔާ
ފިޔާ
ތަކެތީގެ އަގު އުުފުލުން
ފިޔާ، އަލުވި އަދި ބިސް އަގު ބޮޑުވެގެން އުޅެނީ ބަނދަރުން އެ މުދާ ނުބޭލި ހުރުމުން!
އެ މުދާ ބޭރުން ގެނެސް ބޯޓުގައި ހުންނަތާ 10 ވަރަކަށް ދުވަސްވެއްޖެ
އެ ބޯޓުން ގެނައި ކަރާ އަދި ދޮންކެޔޮ ބޭލި އެކަމަކު ފިޔާ، އަލުވި އަދި ބިސް ނުބާލާ
އެކަން ކުރަނީ އެމްޕީއެލް އާއި ބައެއް ވިޔަފާރިވެރިން ގުޅިގެން ކަމަށް ތުހުމަތު ކުރޭ

ފިޔާ އަލުވި އަދި ބިހުގެ އަގު މީގެ ދެ ހަފްތާ ކުރިން އުފުލިފައިވާއިރު އެ ތަކެތީގެ އަގު އުފުލިފައިވަނީ މާލެ ބަނދަރުގައި ބޯޓު އޮވެ، އެ މުދާތައް ނުބޭލި ހުރުމުން ކަމަށް ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދިން ހޯލްސޭލް ވިޔަފާރީގެ ބޮޑު މީހަކު ބުނީ އެ މުދާ ބޭރުން ގެނެސް ބޯޓުގައި ހުންނަތާ 10 ވަރަކަށް ދުވަސްވެއްޖެ ކަމަށާއި އެ ބޯޓުން ގެނައި ކަރާ އަދި ދޮންކެޔޮ ބޭލި ނަމަވެސް ފިޔާ، ބިސް އަދި އަލުވި ބާލާފައިނުވާ ކަމަށެވެ.

އަދި އެކަން ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ބައެއް ވިޔަފާރިވެރިން ގުޅިގެން ގަސްތުގައި ކަމަށާއި ތަކެތީގެ އަގު އުފުލުމުން އެ ވިޔަފާރީތަކަށް ފައިދާ ވާނެ ކަމަށް ބެލެވޭ ކަމަށް އެމީހާ ބުންޏެވެ.

މާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކާ އަގު 45ރ އަށް އުފުލިފައިވާއިރު ކުކުޅު ބިހެއްގެ އަގު އުޅެނީ 3ރ އަށެވެ. އަދި އަލުވި ކިލޯއެއް ވެސް ލިބެނީ 25ރ އަށެވެ. ބައެއް ފިހާރަތަކުގައި ފިޔާ ކިލޯއެއް ހުރީ 50ރ އަށެވެ

މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާޤު ހަލީމް އަށް ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ހުރި އަގަށް ވުރެ ފިޔާ، ބިސް އަދި އަލުވީގެ އަގު އުފުލިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް