ރ. މުރަވަންދޫގައި ތަރައްޤީކުރާ ޖޯލި މޯލްޑިވްސް ރިސޯޓު އޮކްޓޯބަރު މަހު ހުޅުވަން ނިންމައިފިއެވެ.
މާލެ އިން ފުރައިގެން 45 މިނެޓުން ދެވޭ ރިސޯޓުގައި ވޯޓާ ވިލާތަކުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރި ހިމެނޭ ވިލާތައް ހުރެއެވެ. ކޮންމެ ވިލާއެއްގައި ވެސް އިންފިނިޓީ ޕްރައިވެޓް ޕޫލަކާއި ބަޓްލާ ސާރވިސް ލިބޭނެއެވެ.
އެ ރިސޯޓުގެ ފަޅުތެރޭގައި ވަކިން ހަދާފައިވާ ތިން ކޮޓަރި އޯޝަން ރެސިޑެންސް އަދި އެއްގަމުގައި ހަތަރު ކޮޓަރީގެ ބީޗް ރެސިޑެންސް ވެސް ހުންނައިރު ތިން ކޮޓަރި ހުންނަނީ އޯޝަން ރެސިޑެންސްގައި 4،000 އަކަފޫޓުގެ ޖާގައެއްގައެވެ.
ޖޯލި ރިސޯޓަކީ ތްރީ ޑައިމެންޝަނަލް އިމޭޖް ހިމެނޭ ގޮތަށް ތަރައްގީ ކުރާ ރިސޯޓަކަށްވާއިރު އެ ރިސޯޓުގައި 73 ވިލާ ހުރެއެވެ. މީގެ އިތުރުން އެކި ވައްތަރުގެ ކެއުންތައް ލިބޭ ރެސްޓޯރަންޓްތަކެއް ވެސް ރިސޯޓުގައި ހުންނާނެއެވެ.
މި ރިސޯޓް ތަރައްގީކޮށްފައި ވަނީ ރަށުގައި ހާހަކަށް ވުރެ ގަހަށް ހިމާޔަތް ލިބޭ ގޮތަށް ގުދުރަތީ ސިފަތައް ހިމަނައިގެންނެވެ.