ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 21:47
އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ބޭލުމަށް ފުލުހުން ހަރަކާތްތެރިވަނީ
އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ބޭލުމަށް ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ފުލުހުން ބާލައިފި
އެ ދިދަ ނަގާފައި ހުރީ ދަގަނޑު ހޮޅިއަކަށް
އެ ދިދަ އެ ތަނުން ނެގޭވަރުވީ ގާތްގަނޑަކަށް އެއްގަނޑިއިރު ފަހުން
ދިދަ ނެގި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވޭ

އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖުމްހޫރީ ޕާޓީގެ ބޮޑު ދިދަ ފުލުހުން ބާލާއިފިއެވެ.

އަސްދޫގައި ބިލްޑިންގް މަތީގައި ހުރި އެ ދިދަ ފުލުހުން ނެގީ އަންގާރަ ދުވަހުގެ އިރުއޮއްސުނު އިރުއެވެ. ބާރަ ބުރީގެ އެ އިމާރާތުގެ މަތީގައި އެ ދިދަ ނަގާފައި ހުރީ ދަގަނޑު ހޮޅިއަކަށެވެ.

ފުލުހުންނަށް އެ ދިދަ އެ ތަނުން ނެގޭވަރުވީ ގާތްގަނޑަކަށް އެއް ގަޑިއިރެއްހާއިރު ކުރި މަސައްކަތަށް ފަހުއެވެ. ފުލުހުން އެ ދިދަ ނެގީ އިމާރާތުގެ މައްޗަށް އަރާ، ވާގަނޑެއް އެ ހޮޅި ދަނޑީގައި އައްސާ، ހޮޅި ދަނޑި ލެންބުމަށް ފަހުގައެވެ.

ގޭގެ ވެރިފަރާތުން ބުނީ ދިދަ ނަގައިގެން ފުލުހުން ގެންދިޔައިރު، ދިދަ ގެންދިޔަކަމުގެ ލިޔުމެއް ވެސް ހަވާލުނުކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އެ ދިދައަކީ ޖުމްހޫރީ ޕާޓީއަށް ސަޕޯޓްކުރާ މީހެެއް މީގެ ދެ ދުވަސް ކުރިން ނެގި ދިދައެއް ކަމަށާއި އެ ދިދަ ނެގީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް އިންތިހާބުގެ ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ފުލުހުން އެ ހިންގި އަމަލު ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ އަސްދޫ ބިލްޑިންގް ކުރިމަތީގައި ރާއްޖެޓީވީގެ ކްރޫއިން ތިއްބާ އެ ސަރަހައްދުން ދުރަށް ދިއުމަށް އަންގާ ނުގޮސްފި ނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ރާއްޖެޓީވީގެ ކްރޫއިން އެ ސަރަހައްދުން ދުރަށް ދިއުމަށް އެންގި ސަބަބު ފުލުހުންނަށް ބުނެނުދެވުނުއިރު ރާއްޖެޓީވީގެ ކެމެރާމަން ހުސެއިން ފަޒީން ފުލުހުން ހައްޔަރު ވެސް ކޮށްފައި ވެއެވެ. 

ފުލުހުން ފަޒީން ހައްޔަރުކުރިއިރު އޭނާ ހުރީ އަސްދޫ ބިލްޑިންގް ސަރަހަދާ ވެސް ދުރުގައެވެ. އަދި ފުލުހުން ވަނީ އޭނާ ވެހިކަލްގައި ސޯސަން މަގަށް ގެންގޮސް، އެހިސާބުން ހިނގާފައި އަނބުރާ ދިއުމަށް އަންގާފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރެވުނު ސަބަބު ފުލުހުން ގާތުން އެހުމުން ހައްޔަރު ކުރެވުނު ސަބަބު ނޭނގޭ ކަމަށް ބުނެ ފުލުހުން ވަނީ ގޮލޮޅު ޕޮލިސް ސްޓޭޝަނަށް އޭނާ ވެހިކަލްގައި ގެންގޮސް ދޫކޮށްލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް