މިސްކިތެއްގެ މިންބަރަށް ބޫޓާ އެކު އެރި ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ފާޑުކިޔުން އަމާޒު ކުރަމުންދަނީ ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާތަކުންނެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންނަށް ތައުރީފުކޮށް، ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ޕީއެސްއެމުން އަންގާރަ ދުވަހު ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ބޫޓާ އެކު މިސްކިތެއްގެ މިންބަރަށް އަރާވަޑައިގެން، އިސްލާމް ދީނަށް އިބޫ މަލާމާތް ކުރައްވާފައިވާ ކަމަށެވެ. އިބޫގެ އެ އަމަލަކީ މިސްކިތުގެ ހުރުމަތް ކެނޑުން ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.
ޕީޕީއެސްއެމުން އެ ރިޕޯޓު ލިޔެފައި ވަނީ ލ. އަތޮޅަށް އިބޫ ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ހިތަދޫގައި ބޭނުން ނުކޮށް, ވީރާނާވާން ކައިރިވެފައި ހުރި އާސާރީ މިސްކިތަކަށް ކުރެއްވި ޒިޔާރަތުގައި ނަގާފައިވާ ފޮޓޯއަކަށް ބަލައިގެންނެވެ. ނަމަވެސް އެ ފޮޓޯއަކީ ކޮން އިރަކު، ކޮން ތަނެއްގައި ނެގި ފޮޓޯއެއް ކަމެއް ޕީއެސްއެމަކުން ބުނެފައެއް ނުވެއެވެ. އަދި އެތަނަކީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުން ނުކުރާ ތަނެއް ކަމެއް ވެސް އެ ރިޕޯޓުގައި ބުނެފައެއް ނުވެއެވެ. އަދި އެ މައުލޫމާތު ހޯދަން ކުރި މަސައްކަތެއް ފާހަގަކޮށްފައެއް ވެސް ނުވެއެވެ.
މި މަހުގެ 8 ވަނަ ދުވަހު އިބޫ ލ. އަތޮޅަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހިތަދޫގެ މުސްކުޅި އެ މިސްކިތުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި އަމިއްލަ ފޯނުން ވަނީ އެ މިސްކިތުގެ އާސާރީ ކުރެހުންތަކާއި އެ މިސްކިތް ހިމެނޭ ސަރަހައްދުގައި ވިނަ ހެދި ވާވެފައިވުމުން، އެ މަންޒަރުތައް ވެސް ފޮޓޯ ނަންގަވާފައެވެ.
Our candidate @ibusolih - appreciating heritage. A traditional mosque in L. Hithadhoo.
— ?? ??????? ???? (@Roxeyna) August 8, 2018
The government isn’t doing anything to protect this beautiful piece of our culture. #IbuFaisal2018#JazeeraRaajje pic.twitter.com/FHrc0ETolW
މިސްކިތެއްގެ ގޮތުގައި ބޭނުންނުކޮށް، ވީރާނާވެފައި ހުރި ތަނަކަށް އިބޫ ބޫޓާ އެކު ވަތް ފޮޓޯއަކަށް ބަލައިގެން، ދައުލަތުގެ މީޑިއާ އިން އެމަނިކުފާނާ ދެކޮޅަށް އެންޓި ކެމްޕޭން ކުރި މައްސަލާގައި ގިނަ ބަޔަކު ދަނީ ޕީއެސްއެމަށް ފާޑުކިޔަމުންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމުގެ ނާޖައިޒު ފައިދާ ބޭނުން ކޮށްގެން ވާދަވެރި ފަރާތްތަކާ ދެކޮޅަށް ޕީއެސްއެމުން ހިންގަމުންދާ ކަންތައްތަކާ ދެކޮޅަށް އެ ކުންފުނީގެ އިސްވެރިން "ދާދި އަވަހަށް" ޖަވާބު ދާރީވާންޖެހޭނެ ކަމަށެވެ.
Dhaulathuge mudhalaai faisaa adhi magaamuge naajaaiz faidhaa beynunkohgen,vaadhaveri faraaiythakuge aburu kathilaa,hageegaiy olhuvaalamungendhaa Yameen ah Koimalaa website hingadhin Ikram aai Khaleel akee dhaadhi avahah javaabudhaaree vaanjeheyne meehun. @PSMnewsmv @tvmaldives pic.twitter.com/bG0gq5cvxt
— Ahmed Mahloof (@AhmedMahloof) August 21, 2018
ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ މުދަލާއި ވަސީލައި ބޭނުންކޮށްގެން ދޮގު ޙަބަރު ނުފެތުރުމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމަށް އިލްތިމާސްކުރާ ކަމަށެވެ.
Dhaulathuge mudhalaa vaseelaiy beynun kohgen dhogu khabaru nufethurumah khaleel aa Ikram ah ilthimas kuran! Javaabu dhaaree vaanjeheyne dhuvas annaane. https://t.co/89WgPREes4
— Husnu Al Suood (@hsuood) August 21, 2018
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ ކަޅުވަކަރު މިސްކިތް ރޫޅާލައިގެން ކޮންޓެއިނާއަކަށް ލައިގެން "ގެއްލުވާލާފައި" ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
Raajjeyga huri emme aasaaree miskiy roolhaalaa container akah laa, kudhi bulhaa 7 haayyah laahen miskiy ethah mithanah gendhiya iru hurumatheh nukendey.
— Rukuma (@RukumaA) August 21, 2018
Hon @ibusolih ihuge aasaaree miskitheh ballavaaleveema lolu fiya nujehigen thelhenee#Vote2IbuFaisal2018 pic.twitter.com/r56Lqtqlhs
ދައުލަތުގެ ފައިސާއިން ހިންގާ ޕީއެސްއެމުން، އިބޫއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 33 ޕަސެންޓު ބޮޑު ބަޖެޓެއް މިއަހަރަށް އެ ކުންފުންޏަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 80 މިލިއަން ރުފިޔާގެ ބަޖެޓެއް ޕީއެސްއެމަށް މިއަހަރު ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ ބަޖެޓުން ދައްކައެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ، ދައުލަތުގެ މީޑިއާ އިން ރައްޔިތުންނަށް ގެނެސްދޭންޖެހޭ ސައްހަ މައުލުމާތު ފޯރުކޮށް ނުދީ ހަމައެކަނި ރައީސް ޔާމީން ޕްރޮމޯޓް ކުރަމުންދާތީ، އެތައް ބަޔަކު ދަނީ އެ ކުންފުންޏަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވަނީ އެ ބޭފުޅުންގެ ވެރިކަމެއްގައި ޕީއެސްއެމްގެ އިސް ބޭފުޅުން ޖަވާބުދާރީކޮށް، ގާނޫނުގެ ކުރިމައްޗަށް އެބޭފުޅުން ގެންނާނެ ކަމަށެވެ.