ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 14:00
އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި
އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާފައި
ރާއްޖެއެމްވީ
އެމްޑީޕީ
ތިމަރަފުށީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި
އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖެހީ އީދު ނަމާދަށް ދިޔަ ވަގުތު
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ތ.ތިމަރަފުށީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ވިދާޅުވީ ތިމަރަފުށީގެ އެމްޑީޕީ ޖަގަހައިގެ އެތެރެއަށާއި، ބޭރު ފާރަށް ގިނަ އަދަދެއްގެ ކަޅުތެޔޮޖަހާފައިވާ ކަމަށެވެ. ކަޅު ތެޔޮ ޖެހީ އީދު ނަމާދަށް ދިޔަ ވަގުތު ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ޖަގަހައަށް ކަޅުތެޔޮ ޖެހީ މާލޭއިން އެރަށަށް ގޮސް އުޅޭ ސަރުކާރުގެ ކޯޑިނޭޓަރުންގެ ބަހަށް ހެއްލިގެން އުޅޭ ކުދިވެރިން ތަކެއް ކަމަށާއި، މިފަދަ ދަށު ދަރަޖަގެ އަމަލަކުން އެރަށުގައި އެމްޑީޕީ ފިކުރު ނެތް ކަމަށް މަންޒަރު ދައްކަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ތިމަރަފުށިން ރައީސް ޔާމިނަށް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށާއި، ތިމަރަފުށީގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ޕާޓީތަކާއެކު ކަމަށް އޭނަ ވިދާޅުވިއެވެ.

"ވޯޓާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދޮގު މިރަށުގަ ވެސް އެބަ ދައްކާ. ކޮންމެ މީހަކަށް ވޯޓު ދިނަސް ޔާމިން ހޮވޭނޭ ކިޔާފަ. މިހެން ހެދީމަ ދެން ރައްޔިތުން ވޯޓުލުމުގެ ފޯރިވެސް ގެއްލޭނެއްނުންތޯ. ބޭކާރުކަމެކޭ ހިތާ." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖެހިނަމަވެސް ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ އެއްވެސް ރައްޔިތަކު ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮ ޖަހަން ނުނުނިކުންނާނެ ކަމަށާއި، ވޯޓުން އެމިހުން ބަލިކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ވޯޓު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެމްޑީޕީގެ އޮފިޝަލުން މާހުށިޔާރުވާނެ ކަމަށެވެ.

އަންވަރު ވިދާޅުވީ މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ތިމަރަފުށީގެ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖެހުމުގެ އިތުރަށް އައްޑޫ ސިޓީ ފޭދޫ އެމްޑީޕީ ޖަގަހައަށް ކަޅު ތެޔޮ ޖަހައިފިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް