ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 13:07
އިބޫ ކުޅުދުއްފުށީގައި އެއާޕޯޓު ސަރަހައްދުގައި
އިބޫ ކުޅުދުއްފުށީގައި އެއާޕޯޓު ސަރަހައްދުގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ބިން ބޮޑު ރަށްތަކުން ގޯތި ދޫކުރަން އިބޫ ވައުދުވުމުން، ގޯތި ދޫކުރަން ސަރުކާރުން ނިންމައިފި
ބިން ދޫކުރަން ކައުންސިލްތަކަށް ވެސް ވަނީ އަންގާފައި
ނަޝީދު ސަރުކާރުން ހިއްކި ބިންތަކުން އަދިވެސް ގޯތި ދޫނުކުރޭ
ބިން ބޮޑު ރަށްތަކުން ގޯތި ދޫކުރަން އިބޫ ވައުދުވީ މިދިޔަ މަހު

ބިން ހިއްކުމަށްފަހު ޒަމާންތަކެއް ވަންދެން ގޯތި ދޫނުކޮށް ހުރި ރަށްތަކުން ގޯތި ދޫކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންނެވުމުން، ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރުމަށް ސަރުކާރުން ކައުންސިލްތަކަށް އަންގައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއުއިއްޒު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ. ބިން ހިއްކުމަށްފަހު ވަގުތުން އެއްވެސް ރަށެއްގައި މިހާތަނަށް ސަރުކާރުން ގޯތި ދޫކޮށްފައި ނުވާނެ ކަމަށާއި ބިން ހިއްކާފައިވާ ރަށްތަކުން ގޯތި ދޫކުރެވޭނީ ހިއްކި ބިން ބޭނުން ކުރާނެ ޕްލޭނެއް ހެދުމަށްފަހު ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުން ބ. ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވެފައި ވަނީ ބިން ހިއްކާފައިވާ ރަށްތަކުން ބިން ދޫނުކޮށް ހިފަހައްޓާފައި އޮތް އޮތުން، އެމަނިކުފާނުގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ހަދައި، އެފަދަ ރަށްތަކުން ގޯތި ދޫކުރަން ފަށާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންފައިވެއެވެ.

ތުޅާދޫގައި އިބޫ އެ ވައުދުވެވަޑައިގެންފައި ވަނީ އެ ރަށުގައި ރައީސް ނަޝީދުގެ ސަރުކާރުން ހިއްކާފައިވާ ބިމުން ގޯތި ދޫނުކޮށް ސަރުކާރުން ހިފަހައްޓާފައިވާތާ ހަތް އަހަރުވެފައިވާތީއެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ބިން ހިއްކި ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫ އާއި ނ. ވެލިދޫ އާއި ޅ. ހިންނަވަރާއި ކ. މާފުށީގެ އިތުރުން ގުޅީފަޅު ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
21 އޯގަސްޓް 2018 | އަންގާރަ 13:47
ކިނބޫ
ތީ ވަލީ ވެރިއެއްތާ ، ހިތަށް އަރުވާ އިރަށް އެކަމެއްވަނީ،
21 އޯގަސްޓް 2018 | އަންގާރަ 09:09
maz
....bin hikkanee plan koffa eh noon tha
21 އޯގަސްޓް 2018 | އަންގާރަ 09:05
Funadhoo
Funadhoo in gothi nudhey meehunaaidhegen dharinbodethivaairuvess??
21 އޯގަސްޓް 2018 | އަންގާރަ 09:02
ނޫނު
ތ ތިމަރަފުށި ވެސް