ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 14:26
މިރޭގެ ޖަލްސާއަށް ފުވައްމުލަކު ވަނީ ތައްޔާރުވެފަ
މިރޭގެ ޖަލްސާއަށް ފުވައްމުލަކު ވަނީ ތައްޔާރުވެފަ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ފައިސަލް ބައިވެރިވަޑައިގަންނަވާ ޖަލްސާއެއް މިރޭ ފުވައްމުލަކުގައި
ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާގައި ބައިވެރިވުމަށް ވަނީ ގޮވާލާފަ
ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ދަނީ ކުރިއަށް ގެންދަވަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ބައިވެރިވަޑައިގަންނަވާ ޖަލްސާއެއް މިރޭ އެމަނިކުފާނުގެ އުފަން ރަށްކަމަށްވާ ފުވައްމުލަކުގައި ބާއްވާނެއެވެ.

ފުވައްމުލަކުގައި ސިޓީގެ އަށް އަވަށުގެ ރައްޔިތުންނަން ހާއްސަކޮށްގެން މިރޭ ހާއްސަ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނ ފުނާޑު އަވަށު ހަދުވަލި ދަނޑުގައެވެ. މި ޖަލްސާގައި ފުވައްމުލަކުގެ އަށް އަވަށުގައި ގުޅިފައިވާ ސިޔާސީ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އެކު އެ ސިޓީއަށް އުފަން އުމުރުން 45 އަހަރުގެ ފައިސަލް ބައިވެރިވަޑައިގަނަވާކަން ފާހަގަކޮށްލެއެވެ.

އީދު ބަންދަށް ފައިސަލް އާއިލާގެ މެމްބަރުންނާއި އެކު ފުވައްމުލަކަށް ވަޑައިގެންނެވުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެ އެމަނިކުފާނަން މަރުޙަބާ ދަންނަވާފައެވެ. ފައިސަލް ގެންދަވަނީ ފުވައްމުލަކުގެ އަށް އަވަށުގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވަމުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 މިނެޓު ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް