ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 12:30
ކުރުނބާ މޯލްޑިވްސް: ޘަޤާފީ ގޮތަކަށް އީދު ފާހަގަ ކުރާނެ.
ކުރުނބާ މޯލްޑިވްސް: ޘަޤާފީ ގޮތަކަށް އީދު ފާހަގަ ކުރާނެ.
މުހައްމަދު ޝަރުހާން
އީދު ކުޅިވަރު
ކުރުނބާގައި ޘަޤާފީ ގޮތަކަށް އީދު ފާހަގަ ކުރަނީ
މާލެ ޕެރޭޑެއް އޮންނާނެ
ޚާއްޞަ ބޮޑުބެރު ޝޯވއެއް އޮންނާނެ

ކުރުނބާ މޯލްޑިވްސްގައި ޘަޤާފީ ގޮތަކަށް މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

ޢީދު ނަމާދު ކުރުމާއި ރިސޯޓުގެ މުވައްޒަފުންނާއި ފަތުރުވެރިންގެ މެދުގައި އީދު ސަލާމްކޮށް އީދުގެ ހެޔޮއެދުންތައް ފާޅުކުރުމުން ފެށުނު މިހަރަކާތްތަކުގައި ދެން އޮތީ ހެދުނުގެ ސައެވެ. އެއަށްފަހު އުލްހިޔާ ކަތިލުންވެސް އެރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ކުރުނބާ ބޮޑުބެރު ގުރޫޕުގެ މެނޭޖަރ ނަސްރުﷲ ޢަލީ، ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ މިފަހަރު އެރިސޯޓުގައި އަޟްޙާޢީދު ފާހަގަ ކުރަމުންދާނީ ޘަޤާފީ ގޮތަކަށް ކަމަށާއި އީދު ފާހަގަ ކުރުމަށް ދިވެހިންގެ ތެރޭގައި ކުޅެމުން އައި ދުވަސްވީ ޘާޤާފީ ހަރަކާތްތައް ފެނިގެން ދާނެ ކަމަށެވެ.

 

ކުރުނބާ މޯލްޑިވްސްގައި އަޟްހާ އީދު ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން

"ވަރަށް ކަލްޗަރަލް ގޮތަކަށް މިއަހަރު އީދު ފާހަގަ ކުރާނީ. ގެސްޓުންނާއި ސްޓާފުން އެކުވެގެން ކަލްޗަރަލް ހަރަކާތްތަކެއް މި ބާއްވަނީ . އޭގެ ތެރޭގައި ބޮޑުމަސް ދުއްވުމާއި، ކޯޑި ނެށުމެއް އޮންނާނެ. އަދި ވަރަށް ޚާއްޞަ މާލި ޕެރޭޑެއްވެސް އޮންނާނެ. އެގޮތުން ފަތުރުވެރިންނާއި އެއްކޮށް އެކިކަހަލަ މާލި ނެރެގެން މި ޕެރޭޑް ޖެހުން އޮންނާނީ" ނަސްރުﷲ ބުންޏެވެ.

ބޮޑުބެރު ގުރޫޕުގައި އިސްކޮށް އުޅޭ އަހުމަދު ނަހުފާން ބުނީ ހުރިހާ ހަރަކާތެއްވެސް ކުރިއަށްދާނީ ރިސޯޓުގައި މިވަގުތު ތިބި ގެސްޓުންނާވެސް އެކުގައި ކަމަށާއި އަންގާރަ ދުވަހުގެރޭ ޚާއްޞަ ބޮޑުބެރު ޝޯވްއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަދި އޮންނާނެ އަންހެން ކުދިންގެ ހަރަކާތްތަކަކާއި އީދު ގޮންޖެހުމާ، އީދު ބިލެތްލުމާ. އަދި ބޮޑުބެރު ޝޯވއަކާއި ދިވެހި ޑާންސްތަކެއް މިރޭ އޮންނާނެ" ނަހުފާން ބުންޏެވެ.

 

ކުރުނބާ މޯލްޑިވްސްގައި އަޟްހާ އީދު ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން

ކުރުނބާ ބޮޑުބެރު ގުރޫޕުން ވަނީ މިއަހަރުގެ އަޟްޙާ ޢީދަށް ޚާއްޞަކޮށްގެން ބޮޑުބެރު ލަވައެއްވެސް ހަދާފައެވެ. ވީޑިއޯވެސް ހަދާފައިވާ އެލަވަ އެގުރޫޕުން ވަނީ ރާއްޖެ އެމްވީއަށް ހަދިޔާ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް