ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 10:11
ބޮޑު ޖަމާއަތުގައި މިއަދު އީދު ނަމާދު ކުރަނީ
ބޮޑު ޖަމާއަތުގައި މިއަދު އީދު ނަމާދު ކުރަނީ
މުހައްމަދު ޝަރުހާން
އަޟްޙާ ޢީދު
ބޮޑު ޖަމާއަތުގައި ނަމާދުކޮށްފި
މާފަންނު ސްޓޭޑިއަމްގެ އިތުރުން އިސްލާމީ މަރުކަޒުގައި ޢީދު ނަމާދު ކޮށްފައިވޭ
ނަމާދުކޮށްފައިވަނީ ހެނދުނު 07:30 ގައި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކޮށްފައި ވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ހެނދުނު 07:30 ގައި އަޟްހާ ޢީދު ނަމާދުކޮށްފައި ވާއިރު އަންހެންނުންނާއި ކުޑަކުދިންނާއި ގިނަ އަދަދެއްގެ ފިރިހެނުން ވަނީ ބޮޑު ޖަމާއަތުގައި ބައިވެރިވެފައެވެ.

އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ޢީދު ނަމާދުކުރިއެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކުގެ އިތުރުން ވިލިމާލޭ ފުޓްބޯޅަ ދަނޑުގައިވެސް ބޮޑު ޖަމާއަތުގައި ވަނީ ޢީދު ނަމާދުކޮށްފައެވެ.

އީދު ނަމާދުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އެ ސަރަހައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި އެމްއެންޑީއެފް އާއި ސްކައުޓް އެސޯސިއޭޝަން އަދި ގާރލް ގައިޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަޟްލާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ރަށްރަށުގައި ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކާއި އެކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އެގޮތުން ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން ރަށްރަށުގައި ޢީދު ނަމާދު ކުރުމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީން ހޯދަންޖެހޭ އިރު މީގެ ކުރިން އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ނަމާދުކުރެވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 35 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް