ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 10:37
ޕީޕީއެމްގެ ރައީސްގެ އޮފީސް
ޕީޕީއެމްގެ ރައީސްގެ އޮފީސް
މުހައްމަދު ޝަރުހާން
ފިޔާތޮށި ކުލަ
ފިޔާތޮށި ކުލަ އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނޭ ކަމަށް ބުނެފި
ޕިންކު ކުލައިގެ މަންޓާ ޝޭޑްއަކީ ޕީޕީއެމްގެ ރަސްމީ ކުލަ

ފިޔައިތޮށި ކުލައަކީ ޕީޕީއެމްއަށް ޚާއްސަ ކުލައެއް ކަމަށާއި އިދިކޮޅު އެއްވެސް ޕާޓީއެއްގެ ހަރަކާތުގައި އެ ކުލަ ބޭނުން ނުކުރުމަށް އެ ޕާޓީން އަންގައިފިއެވެ.

ޕީޕީއެމް އޮފީހުން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ފިޔައިތޮށި ކުލަ ހިމެނޭ ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެދޭކަމަށެވެ. 

"އެނގިވަޑައިގަންނަވާނޭ ފަދައިން، މެޖެންޓާ ނުވަތަ ފިޔާތޮށި ކުލައަކީ މިޕާޓީގެ މައްޗަށް ރަޖިސްޓަރީ ކުރެވިފައިވާ އަދި މިޕާޓީއަށް ނިސްބަތްވާ ކުލަ. އަދި މިޕާޓީގެ މައްޗަށް މިކުލަ ރަޖިސްޓަރީވުމުގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ މައިދާނުގައި މިކުލަ ބޭނުންކުރެވޭނީ މިޕާޓީއަށް،" ޕީޕީއެމްގެ ދެންނެވުމުގައި ވެއެވެ.

ޕީޕީއެމްގެ ކުލަ ރިޔާސީ އެހެން ކެންޑިޑޭޓެއްގެ ކެމްޕޭނުގައި ބޭނުންކުރުމަކީ ގާނޫނީގޮތުން އެފަރާތްތަކަށް ލިބިފައިވާ ހައްގެއް ނޫން އެ ޕާޓީން ބުނެ އެވެ އެ ކުލަ ބޭނުން ކުރުމުގެ ސަބަބުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

"ވީމާ، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި، އެހެން ކެމްޕޭންތަކުގެ، ކެމްޕޭނުގެ ޕޯސްޓަރުތަކުގަޔާއި، ޖަލްސާތަކުގައި އަދި ކެމްޕޭނުގެ އެހެނިހެން ހަރަކާތްތަކުގައި މި ޕާޓީއަށް ރަޖިސްޓަރީ ކޮށްދީފައިވާ ކުލަ ބޭނުން ކުރުން ހުއްޓާލުމަށް ދަންނަވަމެވެ" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ފިޔާތޮށި ކުލައިގެ ޝޭޑްއަކީ މެޖެންޓާ ޕިންކް ނުވަތަ އަސުރުމާ ކުލަ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވެސް ޕާޓީގެ ކުލައިގެ ގޮތުގައި ބުނެފައިވަނީ އަސުރުމާ ކުލަ ވާހަކަ އެވެ. 

ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސް ޔާމީނަށް ކުރައްވަމުން ގެންދެވި ތާއިދު އަނބުރައި ގެންދަވައި ކުރިއަށް އޮތް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއިދުކުރައްވަމުން ގެންދަވަނިކޮށެވެ. 

މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގަވަމުން ގެންދަވާއިރު، އެ މޫވްމެންޓްގެ ކުލަ އަކީ ފިޔައިތޮށިކުލަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 އޯގަސްޓް 2018 | އަންގާރަ 08:53
މައުމޫނު
މައުމޫނަަަަށް ނިސްބަތްކޮށް ބޭނުނަކުރަނީ ފިޔާތޮށި ކުލަ. އަސުރުމާ ކުލައެއް ނޫން. ޕީޕީއެމް ކުލަޔަކީ އަސުރުމާ ކުލަ ދެއްތޯ. އެހެންވީމަ ތި ޕާޓީގެ ކުލަ އެހެން ބަޔަކު ބޭނުމެއް ނުކުރޭ. ކޮސް ނުގޮަވާ.