ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 19:15
ލަތީފް ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ލަތީފް ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ނިހާންއަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާ: ލަތީފް
ނިހާންއަކީ ރައީސް ޔާމީން އެންމެ ނަފުރަތުކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް
ނިހާން ފޯރިއާއި ޖޯޝު ނަންގަވަނީ ރައީސް ޔާމީނަށް އިޚްލާސްތެރިވެގެން ނޫން

ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިތުބާރު ނުކުރައްވާކަމަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ނިހާންއަކީ ރައީސް ޔާމީން އެންމެ ނަފުރަތުކުރައްވާ، އެންމެ ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ އަދި އެންމެ ބޭނުންފުޅު ނުވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އަދި ނިހާންއަކީ ރައީސް ޔާމީންގެ ބޭފުޅެއް ނޫންކަމަށާއި، ނިހާންއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭފުޅެއްކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އަދި އެކަން އެޕާޓީގެ ގިނަ ބޭފުޅުންނަށް އެނގޭނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. 

ޕީޕީއެމްގެ ޖަލްސާތަކުގައި ރައީސް ޔާމީނަށް ކެމްޕެއިން ކުރެއްވުމަށް ނިހާން ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވައި ލަތީފް ވިދާޅުވީ ނިހާން ފޯރިއާއި ޖޯޝު ނަންގަވަނީ ރައީސް ޔާމީނަށް އިޚްލާސްތެރިވެގެން ނޫންކަމަށާއި، އެއީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ދައްކަވާ ފޯރިއެއްކަމަށެވެ. އަދި ޔަޤީންކަމާއިއެކު ތިމަން މަނިކުފާނުގެ ވޯޓު ރައީސް ޔާމީނަށް ދެއްވާނަމޭ މޭގައި އަތްޖައްސަވާފައި ވިދާޅުވާން ނިހާންއަށް ކެރިވަޑައި ނުގަންނަވާނެކަމަށް ލަތީފް ތަކުރާރުކޮށް ވިދާޅުވިއެވެ. 

ލަތީފް ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން ނިހާން ދުރުކުރެއްވުމަށް ރައީސް ޔާމީން ވަރަށް މަސައްކަތްކުރެއްވިކަމަށެވެ. އެހެންނަމަވެސް އެކަން ނުވީ މަސްލަހަތަށްޓަކައި ގިނަ މެމްބަރުންތަކެއް އެކަން އެގޮތަށް ނުކުރުމަށް ދެންނެވުމުންކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ކުރިން މަސައްކަތްކުރެއްވި ލަތީފް ވިދާޅުވިއެވެ. 

ލަތީފް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ޕީޖީގެ ގިނަ މެމްބަރުން ވޯޓު ދެއްވާނީ ރައީސް ޔާމީނަށް ނޫންކަމަށާއި، އެބޭފުޅުން ވޯޓު ދެއްވާނީ އިދިކޮޅު ކެންޑިޑޭޓް އިބޫއަށްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
20 އޯގަސްޓް 2018 | ހޯމަ 18:59
ހައި
ބޯން ތަށި
20 އޯގަސްޓް 2018 | ހޯމަ 14:58
Hidhaa
Komme thaaku idhe dhoge hedhiyas fathugai lyuvvaanee dhogekkamah