ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 19:13
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އެއްވުމެއްގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އެއްވުމެއްގައި ވާހަކަ ދައްކަވަނީ
ފޭސްބުކް
ރިޔާސީ އިންތިހާބު 2018
ރާއްޖޭގެ ތަރައްގީއަށް ވެވުނު އެންމެ މުހިންމު ވައުދަކީ އިންކަމް ޓެކްސްގެ ވައުދު: ރައީސް ނަޝީދު
އިންކަމް ޓެކްސް ނަގާނީ ޕްރޮގްރެސިވް ޓެކްސް ސިސްޓަމެއްގެ ތެރެއިން

އިންކަމް ޓެކްސް ނަންގަވާނެ ކަމަށް އިިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެވަޑައިގެންނެވި ވައުދަކީ ރާއްޖޭގެ ތަރައްގީއަށް ވެވުނު އެންމެ މުހިންމު ވައުދު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވަކިވަރަކަށް ފުދުންތެރިކަން ހުރި ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނަންގަވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތުމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންކަމް ޓެކްސް ނަންގަވާނެ ކަމަށް އިބޫ ވެވަޑައިގެންނެވި ވައުދަކީ ރާއްޖޭގެ ތަރައްގީއަށް ވެވުނު އެންމެ މުހިންމު ވައުދު ކަމަށާއި އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ. 

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށްފަހު އިބޫ ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސެއްގައި އެމަނިކުފާނު ވަނީ ވަކިވަރަކަށް އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްއެއް ނެގުމަށް ޕްރޮގްރެސިވް ޓެކްސް ސިސްޓަމެއް ތައާރަފް ކުރައްވާނެ ކަމަށް ހާމަކުރައްވާފައެވެ. 

2011 ވަނަ އަހަރު ފާސްވި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއެކު ނަގަން ހުށަހެޅި ޓެކްސްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ނަގަން ފާސްނުކުރި ހަމައެކަނިކި ޓެކުހަކީ އިންކަމް ޓެކްސްއެވެ. އެމްޑީޕީގެ އިގްތިސާދީ އެޖެންޑާގެ ތެރެއިން އެޕާޓީއިން އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ކަމަކީ މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް އިންކަމް ޓެކްސް ރާއްޖޭގައި ތައާރަފް ކުރުމެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް