ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 17:45
މަރުޚަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބައެއް ރައްޔިތުންނާއި އެކު ފައިސަލް
މަރުޚަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބައެއް ރައްޔިތުންނާއި އެކު ފައިސަލް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫ އާއި އަޅުގަނޑު ދައުލަތު ފައިސާއެއްގައި ނުޖެހޭނަން: ފައިސަލް
ފުވައްމުލަކުގެ އަށް އަވަށުގެ ރައްޔިތުން ވަނީ މަރުޙަބާ ދެންނެވުމުގައި ބައިވެރިވަޑައިގެންފައި
ފައިސަލް ވަނީ ފުވައްމުލަކުގައި ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދަވަން ފައްޓަވާފަ
އަންގާރަ ދުވަހުގެރޭ ފުވައްމުލަކުގައި ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާން ދައުލަތުގެ ފައިސާއެއްގައި ނުޖެހޭނެ ކަމަށް އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް އުފަން ރަށަށް ހޯމަ ދުވަހު ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށްޓަކައި އެ ސިޓީގެ އަށް އަވަށުން ނުކުމެތިބި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ އިބޫ އަށް ވޯޓްދޭންވީ ގައުމުގެ ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ 100 ޕަސެންޓްގެ ޔަގީންކަމެއް އެމަނިކުފާނަން އޮންނާތީ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އިބޫ އާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ތެވެރިކަމާއި އަމާނާތްތެރިކަމާއި އެކު ދައުލަތުގެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އިބޫއަށް ވޯޓް ދޭންވީ ގައުމުގެ ތަރައްގީކޮށް، ގައުމުގެ ބައިތުލް މާލުގެ އެންމެ ޑޮލަރެއްގައި ވެސް އެމަނިކުފާން ޖެހިވަޑައިނުގަންނަވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެމަނިކުފާނުގެ 25-30 ވީ އަހަރަގެ މާޒިން ދައްކާދީފަ އޮތީމަ، އަޅުގަނޑުމެން ވަނީ ރައްޔިތުންނަން ތެދުވެރިކަމާއި އަމާނަތްތެރިކަމާއި އެކީ ތިބޭފުޅުންނާއި އެކީ ގާތުން މަސައްކަތް ކުރާނެ ކަމުގެ ވައުދު މި ވަނީ މާތް ވެގެންވާ ޙައްޖު ދުވަހު މާތް ﷲ ގަންދީ ހުވާކޮށް" ފައިސަލް ދޫނޑިގަމް އެމްޑީޕީގެ ހަރުގޭގައި ހުންނަވާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ޕީޕީއެމްއަށް ތާއިދު ނުކުރާ ރައްޔިތުން ވެސް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫއަށް ވޯޓްދޭންވީ އުންމީދުން ފުރިފައިވާ ދުވަސްތަކެއް ގެނެއުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. މިއަދު ފުވައްމުލަކުގައި ތިބި ރައީސް ޔާމީނަށް ތާއިދު ކުރައްވާ ރައްޔިތުންވެސް ބިރު ފަހަނާ އަޅާ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކޮށް ނުކުތުމަށް ފައިސަލް ގޮވާލެއްވިއެވެ.

އެއާޕޯޓުން ފައިސަލްއަށް ދަންނަވާފައި ރަތްދޫލައިގެ ހޫނު މަރުޙަބާއެއް

"ވަޒީފާގެ ބިރުވެރިކަމުގައި އޮތް 34 ދުވަސް ހަދާން ނައްތާލަންވީ، ވަޒީފާ ގެއްލޭ ޙައްގު ގެއްލޭ ކޮންމެ ފަރާތަކަށް ﷲ އިރާދަކުރެއްވިއްޔާ ނޮވެމްބަރ 18 ވަނަ ދުވަހަކީ އެ ވަޒީފާތަށް އެ ފަރާތަކަށް އަނބުރާ ލިބިގެންދާ ދުވަސް" ފައިސަލް ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުންނައި ބައްދަލުކުރެއްވުމަށް ފަހު އެ ސިޓީގައި ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ފައްޓަވާފައި ވަނީ އެމަނިކުފާންގެ އުފަން އަވަށް ކަމަށްވާ ފުނާޑުންނެވެ. އެ މަނިކުފާން ފުވައްމުލަކުގައި ހޭދަކުރައްވާ ދެ ދުވަހު ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން އެ ސީޓީގެ އަށް އަވަށުގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ހޯމަ ދުވަހު ފުނާޑުގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރުން ކެމްޕެއިންގެ ތެރެއިން

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިނުން ފެނިގެން ރައްޔިތުންގެ މޫނު މަތިން އުފާވެރި ހިނިތުންވުމެވެ. ސެޕްޓެމްބަރު 23 އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ނައިބު ރައީސްކަށް ލިބިވަޑައިގެންނެވި ފުވައްމުލަކަށް ނިސްބަތްވާ ދެ ވަނަ ބޭފުޅަކަށް ފައިސަލް ވެގެންދާނެ އެވެ. ފުވައްމަލަކަށް ނިސްބަތްވާ އެންމެ ފުރަތަމަ ނައިބު ރައީސް އަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް