ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 17:04
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިހް
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިހް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިންކަމް ޓެކްސް ނަގަން ފަށާނަން: އިބޫ
ރައްޔިތުންގެ ދިރިއުޅުން ފުދުންތެރިކުރުވަން ޓެކްސް ނިޒާމް ފުރިހަމަ ވާން ޖެހޭކަމަށް ވިދާޅުވި

އެމަނިކުފާނުގެ ސަރުކާރުގައި އިންކަމް ޓެކްސް ނަގަންފަށާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ކެންްޑިޑެންސީ އިއުލާނުކުރެއްވުމަށް ފަހު އިބޫ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އިންކަމް ޓެކްސް ނެގޭނީ ވަކިވަރެއްގެ ފުދުންތެރިކަން ހުރި ފަރާތްތަކުގެ އަތުން ކަމަށާއި އެކަން ކުރުމަށް ގާނޫނެއް ފާސްކުރައްވާނެކަަމަށެވެ. 

ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފުކުރީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އެފަހަރު ހުށަހެޅި ޓެކްސް ނިޒާމުގައި ވެސް އިމްކަމް ޓެކްސް ހިމަނާފައި އޮތަސް، އެ ޓެކްސް ނެގަން ވަނީ ނުފެށި އެވެ. 

އިންކަމް ޓެކްސް ނަގަން ޖެހެނީ އިބޫ ވިދާޅުވި ގޮތުގައި ޓެކްސް ނިޒާމު ފުރިހަމަކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށެވެ. 

އިބޫ ވިދާޅުވީ، މީރާއިން މިހާރު ކުރަމުންދާ ނާއިންސާފު ކަންކަން ހުއްޓުވާ، މީރާއަކީ މަޖިލީހުން ޖަވާބުދާރީ ކުރުވޭނެތަނަކަށް ހައްދަވާނެކަމަށެވެ.އަދި ޓެކްސް އެޕީލް ޓަރައިބިއުނަލް އަކީ މިނިވަން ތަނަކަށް ހަދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފުރިހަމަ ކުރެވެން އޮތީ ޓެކްސްގެ ނިޒާމް ފުރިހަމަކުރެވިގެން. މިގޮތުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމުގައި އިންކަމް ޓެކްސް ތައާރަފްކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވިގޮތުގައި އެކަން ކުރައްވާނީ ރަނގަޅަށް ދިރާސާކުރުމަށްފަހު، ކަމާއި ގުޅޭ ހުރިހާ ފަރާތްތަކަކާއި ވަރަށް ރަނގަޅަށް މަޝްވަރާ ކުރެވިގެންނެވެ.

އިންކަމް ޓެކްސްއަކީ އާމްދަނީއިން ނެގޭ ޓެކްސްއެކެވެ. ފުދުންތެރިކަން ހުރި، ވަކި މިންވަރަކަށް ވުރެ މަތީ އުޖޫރައެއް ލިބޭ ފަރާތްތަކުން މި ޓެކްސް ނަގަނީ، ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ މަތިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް