ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 14:38
އިންތިހާބުގައި ވޯޓު ގުނުން ކުރިއަށް ދަނީ
އިންތިހާބުގައި ވޯޓު ގުނުން ކުރިއަށް ދަނީ
ރާއްޖެ އެމްވީ
ރިޔާސި އިންތިޚާބު 2018
އޮފިޝަލުންނާ އިންޓަރވިއުކޮށް ނިންމައިފި
ރިރެޖިސްޓްރޭޝަން ނިމުމުން އޮފިޝަލުން އިތުރުވާނެ
4500 އޮފިޝަލުން ހަރަކާތްތެރިވާނެ

ރިޔާސީ އިންތިޚާބުގެ ވޯޓްލާ ދުވަހު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނަގާ މީހުންނާ އިންޓަރވިއުކޮށް ނިންމައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ އޮފިޝަލުން ކަނޑައެޅި ގާތްގަނޑަކަށް ނިމިފައިވާކަމަށާއި އެހެން ނަމަވެސް ރިރެޖިސްޓްރޭޝަނަށް ފަހު ވޯޓް ފޮށި އިތުރުވެއްޖެ ނަމަ އޮފިޝަލުން ވެސް އިތުރުވާނެ ކަމަށެވެ.

އޮފިޝަލުންނަށް ވުމަށް ހުޅުވާލި މުއްދަތުގައި 8000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ.  ގާތްގަނޑަކަށް 4500 އަށް ވުރެ ގިނަ އޮފިޝަލުން ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. 

ސެޕްޓެމްބަރުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 262،141 (ދެ ލައްކަ ފަސްދޮޅަސް ދެހާސް، އެއްސަތޭކަ ސާޅީސް އެކެއް) މީހުންނަށެވެ. އިންތިހާބުގެ ވޯޓު ފޮއްޓާއި، ވޯޓިން ބޫތުތައް ރަށްރަށަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮނުވާފައެވެ. ޖުމްލަ 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް