ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 12:09
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެއްވެސް ރަށެއް ބާކީނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގާނެ: ޑރ.މައުސޫމު
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ
މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދީގެން މި ދެ ދާއިރާ ތަރައްގީ ކުރާނެ
ނާއިންސާފާއި ކުރިމަތިލާން ނުޖެހި ރަށުގައި ދިރިއުޅެވޭނެ މަގުފަހިކޮށްދޭނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއް އަތޮޅު ތެރޭގެ އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ މެނިފެސްޓޯ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ މައުސޫމު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށާއި، އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށެވެ.

ޑރ. މައުސޫމު ވިދާޅުވީ މިހާރު އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައި އޮތް ނޫއިގްތިސާދަށް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވާ ކަމަށެވެ. ގައުމެއް ހިންގޭނީ ދެމެހެއްޓެނިވި އިންތިސާދެއް ބިނާކޮށްގެން ކަމަށާއި، ޚާއްސަކޮށް މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދީގެން މިދެ ދާއިރާ ތަރައްގީ ކުރާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ޑރ. މައުސޫމު ވިދާޅުވީ އޯގާތެރި ސަރުކާރުގައި ނާއިންސާފައި އެއްވެސް ރައްޔިތަކު ކުރިމަތިލާން ނުޖެހޭނެ ކަމަށާއި، ކުލައަކަށް ފިކުރަކަށް ބެލުމަށް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ކަންތައްތައް ކޮށްދޭނެ ކަމަށެވެ. އޭނަ ވިދާޅުވީ ކޮންމެ ރަށެއް ވެސް ތަރައްގީ ކުރާނީ އެރަށެއްގެ ހާލަތަކަށް ބެލުމަށްފަހު ކަމަށާއި، އެއް ރަށެއް ތަރައްގީ ކުރުމަށްފަހު އަނެއް ރަށެއްގެ ހާލު ބަލާ ނުލާ ދޫކޮށްނުލާނެ ކަމަށެވެ.

ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތް ރައްޔިތުންނަށް ހޯދަ ދޭނަންކަން ފާހަގަކުރައްވައި ޑރ.މައުސޫމު ވިދާޅުވީ އެއްބަޔަކު އަނެއް ބައެއްގެ ފައި ދަށުވާން ނުޖެހޭނެ ކަމަށާއި، ފަސޭހައިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ މަގު ހޯދަދޭނެ ކަމަށެވެ.

"ހަމަހަމަކަން ދެން އަންނަ ސަރުކާރުން ގެނައުމަކީ ތަރައްގީވެފައި އޮތް ރަށެއް އެރަށެއްގެ ތަރައްގީ ހުއްޓާލުމެއް ނޫން. ހުރިހާ ރައްޔިތުން ހުރިހާ ރަށެއްގެ ރައްޔިތުން ފައިހަމަކޮށްލުން. އޭރުން ނެތެއް ނޫންތޯ އުފާވެރިކަމާއެކު ގައުމު ކުރިއަށް ގެންދެވޭނީ. އެކަމަކު ދޭތެރެ ދޭތެރެއިން ރައްޔިތުންނަށް މިސަރުކާރުން ހަދާ ދޮގުތައް ހަނދާން ކޮށްދޭންޖެހޭ. މިސަރުކާރު މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އޮތީ ގައުމު ފަގީރުކޮށްފަ. މިސަރުކާރުން ގޯސްކޮށް ހުރި ވާހަކަ ކަންތައްތައް އިސްލާހު ކުރާނެ. އެ ރަށެއްގެ ހާލަތު ބަލާފައި ތަރައްގީ ކުރައްވާވާނެ." ޑރ މައުސޫމު ވިދާޅުވިއެވެ.

ޑރ. މައުސޫމު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިން މޭޓް ފައިސަލް ނަސީމު އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގަންނަވާ ވަމުންދާ ވައުދުތަކަކީ ދައްކާ ހުވަފެނެއް ނޫން ކަމަށާއި، އެއީ ހާލަތު ބެލުމަށް ފަހު އެ ކަންކަން ކޮށްދެވޭނެތީ ވަމުންދާ ވައުދުތަކެއް ކަމަށެވެ. ގައުމު ދަރުވާނުލާ ޖާޒީރާ ގައުމަށް ގެންނަން ޖެހޭ ފުރިހަމަ ތަރައްގީ މި ދެބޭފުޅުން ގެނެސްދެއްވާނެ ކަމަށް ޑރ. މައުސޫމު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް