ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 19:06
އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުލް ރަހީމާއި ފައިސަލް ބައްދަލުކުރަނީ
އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުލް ރަހީމާއި ފައިސަލް ބައްދަލުކުރަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރަޝީދުގެ ހުވަފަތް އަނބިމީހާ އެދެނީ، މޭޑޭގެ ގައިދީގެ ހާލު ބެއްލެއްވުމަށް
ޝެހެނާޒް އާއި ފައިސަލް ބައްދަލުކުރީ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން
މޭޑޭ ޤައިދީއެއްގެ ޙާލު ސީިރިއަސްވެގެން މިހާރުވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
އަބްދުﷲ ރަޝީދު ނިޔާވީ އޮކްޓޯބަރު 10 ގައި

މޭޑޭ މުޒާހަރާއާއި ގުޅިގެން ޖަލުހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ބައްދަލު ކުރައްވާއިފިއެވެ.

އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުލް ރަޙީމާއި ފައިސަލް ބައްދަލު ކުރެއްވީ އާދީއްތަ ދުވަހު މާލޭގެ ގެތަކަށް "ދޮރުން ދޮރަށް" ހިންގެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިންވެ. 20017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު މަރުވި ރަޝީދުގެ އަންހެނުންން ދިރިއުޅޭ ގެއަށް ފައިސަލް ވަޑައިގެން އެ އާއިލާގެ މެމްބަރުންގެ ހާލު ވަނީ ބައްލަވާލާފައެވެ.

ފައިސަލްގެ ކިނބައިން ރަޝީދު އަންހެނުން އެދުނީ މޭޑޭ މުޒާހާރާގައި ފުލުހަކަށް އަނިޔާކުރި ކަމަށް ބުނެ ހައްޔަރުކޮށް، ޖަލަށްލާފައިވާ ޒުވާނެއްގެ ހާލު ސީރިއަސްވެ، އޭނާއަށް ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާގެ ހާލު ބެލުމަށެވެ. އެއީ ރަޝީދު ފަދައިން ބޭސްފަރުވާ ނުލިބިގެން އޭނާ ވެސް މި ދުނިޔެ ދޫކޮށްދާން ނޭދޭތީއެވެ.

އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުލް ރަހީމާއި ފައިސަލް ބައްދަލުކުރަނީ

މީގެ ތިން އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ރަޝީދާއި ޝެހެނާޒަށް ފަސްކުދިން ލިބިފައިވާ އިރު، އެންމެ ބޮޑީ 22 އަހަރުގެ އަންހެން ކުއްޖެކެވެ. ދެން ތިބީ 20 އަހަރުގެ އަންހެންކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރަށް ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ހަގީ ފަސް އަހަރުގެ އަންހެއް ކުއްޖާ އެވެ.

އިބްރާހިމް ރަޝީދުގެ މައްޗަށް މޭޑޭގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލީ އޭނާގެ އަތުގައި އޮތް ފޯނަކުން މަގުމައްޗަށް ވެއްޓުނު ފުލުސް މީހެއްގެ ގައިގައި ޖެހިކަމަށް ބުނެއެވެ.

މޭޑޭގެ މައްސަލައިގައި ޖަލަށް ލާފައިވާ މީހެއްގެ ޙާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މީގެ ކުރިންވެސް މޭޑޭގެ މައްސަލައިގައި ހައްޔަރުކުރި މީހަކަށް ފަރުވާ ދިނުން ލަސްވެ، އޭނާ ހޮސްޕިޓަލުގައި މަރުވެފައިވެއެވެ. އެޙާދިސާގައި މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދެވެ.

- ކޮމެންޓް