ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 17:45
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރިޔާސީ އިންތިޚާބު 2018
މަރުވެފައިވާތާ ހަތް އަހަރު ވެފައިވާ މީހަކު ކޮލަންބޯގައި ވޯޓުލުމަށް ރަޖިސްޓަރވެފައި
ކޮލަންބޯގައި އެމީހާ ވަނީ ރަޖިސްޓަރ ކޮށްފައި
އެކަން އެނގުނީ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާތީ އެކަންކަން ބަލާތީ

މަރުވެފައިވާތާ ހަތް އަހަރުވެފައިވާ ފޭދޫ މީހަކު ވޯޓުލުމަށް ކޮލަންބޯގައި ރަޖިސްޓަރވެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އައްޑޫލައިވް ނޫހުގައި ހާމަ ކޮށްފައިވާ ގޮތުގައި ހަތް އަހަރު ކުރިންމަރުވެފައިވާ އެމީހާ ރަޖިސްޓަރ ކޮށްފައިވަނީ ކޮލަމްބޯގެ ވޯޓު ފޮއްޓަކަށެވެ.

އެގޮތުން އައިޑީކާޑު ނަންބަރު ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން އެ އަންހެން މީހާ ފޮށި ނަންބަރު R1 Box:

 W03.1.1- srilanka Colombo 1 ވަނީ ރަޖިސްޓަރ ކޮށްފައެވެ.

އެމައުލޫމާތު ބަލާފައިވަނީ ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާތީ އެކަންކަން ބެލުމުގެގޮތުން އެސްއެމްއެސް ކޮށްލުމުންނެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެސްއެމްއެސް ފޮނުވި މީހާ ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 38 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް