ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 17:13
ލެކްސްޓަން ގްރޫޕުގެ ދެމީހަކު ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯ. ޑީއެންއާރާއި އެމީހުންނާ ގުޅުމެއް ނެތްކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައި
ލެކްސްޓަން ގްރޫޕުގެ ދެމީހަކު ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯ. ޑީއެންއާރާއި އެމީހުންނާ ގުޅުމެއް ނެތްކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައި
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ލެކްސްޓަން ގުރޫޕާ ޑީއެންއާރާއި އަދި މަސައްކަތާ ވެސް ގުޅުމެއް ނެތް: ފަރީދާ
ލެކްސްޓަން ގްރޫޕަކީ ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ ވެރިކަމުގައި ބަހައްޓަން އެހީތެރިވެދިން ބައެއް
ލެކްސްޓަން ގުރޫޕާއި ބައްދަލުކުރުމަށް އީސީން އެޕާޓީއަށް ދިން ދައުވަތު އެމްޑީޕީން ގަބޫލުކޮށްފައެއް ނުވޭ

އިލެކްޓްރޯނިކް ވޯޓިންގައި މަސައްކަތް ކުރާ ސައުތު އެފްރިކާގެ ލެކްސްޓަން ގްރޫޕާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެޑިޕާޓްމަންޓުން ކުރާ އެއްވެސް މަސައްކަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޑިރެކްޓަރު ފާތުމަތު ފަރީދާ  ވިދާޅުވެއްޖެއެވެ.

ޗައިނާގައި މައި އޮފީސް ހިންގާ ލެކްސްޓަން ގުރޫޕަކީ  ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ގެނެސްގެން އުޅޭ ކުންފުންޏެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި ފަރީދާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކަށް  އަންނަ މީހުން އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. އެގޮތުގެ މަތިން ލެކްސްޓަން ވެސް ޑީއެންއާރަށް ދިޔައީ އެ ޑިޕާޓުމަންޓުގެ މަސައްކަތްތައް ކުރާ ގޮތްތައް ބަލަން ކަމަށް އޭނާ ވިދާޅުވިއެވެ.

ލެކްސްޓަން ގްރޫޕުގެ ދެމީހަކު ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯއެއް އާއްމުވެފައިވާތީ އެކަމާ ގުޅިގެން ފަރީދާ ވިދާޅުވީ ލެކްސްޓަން އަކީ ޓެކްނިކަލް ޚިދުމަތް ދޭ ބައެއް ކަމަށް ވާތީ އެ ޑިޕާޓުމަންޓުގައި ކުރާ މަސައްކަތްތަކާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

" ސަރުކާރުގެ މުއައްސަސާތަކަށް އަންނަ މީހުން ބޭނުންވޭ އެހެން މުއައްސަސާތަކުގައި މަސައްކަތް ކުރާ ގޮތްތައް ބަލަން. ލެކްސްޓަން ވެސް ދިޔައީ އެބޭނުމުގައި. ޑީއެންއާރުގައި ކުރާ މަސައްކަތާ އެކުންފުންޏާ އެއްވެސް ގުޅުމެއް ނެތް." ފަރީދާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ ގޮތުގައި ލެކްސްޓަން ގުރޫޕަކީ އިލެކްޓްރޯނިކް ވޯޓިންގައި(އީ ވޯޓިން) ބޭނުންކުރާ ސިސްޓަމްތަކެއްގެ މައުލޫމާތު ދޭން ރާއްޖެ އައި ގުރޫޕެއް ކަމަށެވެ.  އެހެން ނަމަވެސް ކޮމިޝަނުގެ އައިޓީ ކަންކަން ނުވަތަ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ލެކްސްޓަން ނުވަތަ ބޭރުގެ ކުންފުންޏެއްގެ ހިޔާލެއް ނުވަތަ ވަސީލަތެއް ބޭނުން ނުކުރާނެ ކަމަށް އީސީން ބުނެއެވެ.  ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވަނިކޮށް ލެކްސްޓަން އާ ބައްދަލު ކޮށްފައިވާއިރު ރިޔާސީ އިންތިޚާބުގައި އީ ވޯޓިން ސިސްޓަމެއް ބޭނުން ނުކުރާނެ ކަމަށް އީސީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ލެކްސްޓަން ގްރޫޕަކީ ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ ވެރިކަމުގައި ބަހައްޓަން އެހީތެރިވެދިން ބައެއް ކަމަށް އެމްޑީޕީން  ވަނީ ބުނެފައެވެ. އަދި ލެކްސްޓަން ގުރޫޕާއި ބައްދަލު ކުރުމަށް އީސީން އެޕާޓީއަށް ދިން ދައުވަތު ގަބޫލުކޮށްފައެއް ވެސް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 47 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް