ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 14:49
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓުލާ ދުވަހު ބޭނުން ކުރުމަށް އީސީން ޓެކްސީ ހޯދަނީ
ބިޑް ސެކިއުރިޓީގެ ގޮތުގައި 3500ރ. ދޭންޖެހޭ
އޯގަސްޓް 30 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހޭ

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހަށް ބޭނުންވާ ޓެކްސީ ކުއްޔަށް ހިފުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުން އޮންނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭނުން ކުރުމަށް ޓެކްސީއެއް ބޭނުންވާ އިރު މިކަމަށް އެދޭ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 3500ރ. ދޭންޖެހޭ ކަމަށެވެ.

ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.

މިކަމަށް އެދުމަށް ހުށަހަޅާފައިވާ އެންމެ ފަހު ތާރީހަކީ އޯގަސްޓް 30 ވަނަ ދުވަހެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ފޮއްޓާއި، ވޯޓިން ބޫތުތައް ރަށްރަށަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮނުވާފައެވެ. ޖުމްލަ 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 262141 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް