ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 17:01
ހައްޖަށް ފުރަނީ
ހައްޖަށް ފުރަނީ
އަޝްވާ ފަހީމް
ހައްޖު 1439
ދިވެހި ހައްޖުވެރިން މިނާގައި، އެންމެންގެ ހާލު ރަގަނޅު
955 މީހުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށްދޭ
2000 ކޯޓާ ލިބުނު

ދިވެހި ހައްޖުވެރިން ތިބީ މިނާގައި ކަމަށާއި ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންއިން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 600 މީހުން މިއަދު މިހާރު މިނާގައި ތިބިއިރު، އިތުރަށް ލިބުނު ކޯޓާގައި ހޮނިހިރު ދުވަހު ހަވީރު މައްކާއަށް ފުރި355  އުމްރާގެ އަޅުކަން ނިންމުމަށް ފަހު މިއަދު ހަވީރު މިނާއަށް ދާނެ ކަމަށެވެ. 

ހައްޖުގެ އަޅުކަން މިއަދު ފަށާފައިވާއިރު، ދިވެހިރާއްޖޭގެ އަމިއްލަ ހަތަރު ކުންފުންޏަކުން ހައްޖަށް ދިޔަ މީހުން ވެސް ވަނީ މިނާއަށް ގޮސްފަ އެވެ. 

މާދަމާއަކީ ހައްޖު ދުވަހެވެ. މާދަމާ ހައްޖުވެރިން ތިބޭނީ އަރަފާތު ބިމުގަ އެވެ. 

އަރަފާތުގައި ތިބުމަށް ފަހު ހައްޖުވެރިން ދެން ދާނީ މުޒުދަލިފާ އަށެވެ. މުޒުތަލިފާގައި ރޭކުރުމަށް ފަހު، އެނބުރި މިނާއަށް ގޮސް ތިން ދުވަހު ޖަމްރާއަށް ހިލަ އުކާނެ އެވެ. 

މި އަހަރު ރާއްޖެ އަށް ފުރަތަމަ ލިބުނީ 1000 ކޯޓާ އެވެ. ނަމަވެސް ފަހު ވަގުތު އިތުރު 1000 ކޯޓާ ލިބުނު ނަމަވެސް، އެ ހުރިހާ ކޯޓާއަށް މީހުން ހައްޖަށް ނުދެވުނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް