ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 13:36
އަބުރުފުޅު ފަންޑުފޮށި
އަބުރުފުޅު ފަންޑުފޮށި
މުހައްމަދު ޝަރުހާން
އަބުރުފުޅު ފަންޑް
ކޮލަމްބޯގައި ގުޅިފައިވާ ޕާޓީތަކުގެ ޖަގަހަ އާއި އަބުރުފުޅު ފަންޑުފޮށި ހުޅުވަނީ
މި ހަރަކާތް ބާއްވަނީ ހަވީރު 04:30ގައި

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާ އާއި އަބުރުފުޅު ފަންޑު ފޮށި ސްރީ ލަންކާގެ ކޮލަމްބޯގައި ހުޅުވުމަށް ހަމަޖައްސައިފިއެވެ.

ލަންކާގައި ދިރިއުޅެމުން އަންނަ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން އިސްނަގައިގެން ހުޅުވާ "މިނިވަން ޖައްވު ޖަގަހަ" އާއި އަބުރުފުޅު ފަންޑު ހުޅުވާނީ މިއަދު ހަވީރު 04:30 ގައެވެ. މި ހަރަކާތުގައި ސްރީ ލަންކާގައި ދިރިއުލޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ޕާޓީތަކުން ވަނީ އެދެއެވެ.

މި ހަރަކާތް އޮންނާނީ ނޮގޭގޮޑާގެ ކަންދަވައްތަ ރޯޑްގެ 44 ވަނަ ނަންބަރު ގޭގައެވެ.

އަބުރުފުޅު ފަންޑު ފޮށި ލަންކާގައި ހުޅުވުމަށް ހަމަޖެހިފައިވަނީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދު ކަމުގައިވާ ދެ މިލިއަން ރުފިޔާއިން ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާކުރުމާ ގުޅިގެން އެ އެ ފައިސާ ދެއްކުމަށް އެހީވުމަށެވެ. 

މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް