ކ. މާލެ
|
19 އޯގަސްޓް 2018 | އާދީއްތަ 13:40
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު
މިހާރު
ރިޔާސީ އިންތިޚާބު 2018
ލެކްސްޓަން އަކީ މުގާބޭ ވެރިކަމުގައި ބަހައްޓަން އެހީތެރިވެދިން ބައެއް: ޝިފާޒު
އިންތިހާބުގެ އެއްވެސް ކަމެއްގައި ބޭރު ފަރާތެއްގެ ހިޔާލެއް ނުވަތަ ވަސީލަތެއް ބޭނުމެއް ނުކުރާ ކަމަށް އީސީން ބުނޭ

އިލެކްޓްރޯނިކް ވޯޓިންގައި ބޭނުންކުރާ ސިސްޓަމްތަކެއްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދޭން ރާއްޖެ އައި ބޭރުގެ ލެކްސްޓަން ގްރޫޕަކީ ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ ވެރިކަމުގައި ބަހައްޓަން އެހީތެރިވެދިން ބައެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ލެކްސްޓަން ގުރޫޕާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ލެސްޓަން ގުރޫޕާއެކު ބައްދަލުކުރުމަށް އެމްޑީޕީއަށް ދައުވަތު ދިން ނަމަވެސް އެ ދައުވަތު ގަބޫލު ނުކުރެއްވޭނެ ކަމަށެވެ. ޝިފާޒު ވިދާޅުވީ ގުރޫޕުތައް ރާއްޖެ ގެނެސް އެއީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ.

"މުޅި ދުނިޔޭގެ ޚުދުމުޚުތާރު ވެރިއެއްކަމަށް އެންމެނަށް ފެންނަން އޮތީ މުގާބޭ.  މުގާބޭ ޒިމްބާބުވޭގެ ވެރިކަމުގައި ބެހެއްޓުމަށް މި އަނިޔާވެރި ވެރިކަން ޒިމްބާބުވޭގައި އަށަގެންނެވުމަށް މި ލެކްސްޓަން ގުރޫޕު އެހީތެރިވެދޭ. މި ގުރޫޕު ރާއްޖެ ގެނެސް މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ޚުދުމުޚުތާރު އަނިޔާވެރި ރައީސް ޔާމީންގެ ވެރިކަން ނަގަހައްޓަން ކުރާ މަސައްކަތެއްގައި ބައިވެރިވާކަމަށް އަޅުގަނޑުމެން ނެތިން." ޝިފާޒު ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު  ހޮނިހިރު ދުވަހު ވިދާޅުވީ ލެކްސްޓަން ގްރޫޕާ ބައްދަލުކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދިން ކަމަށާއި ނަމަވެސް އެމްޑީޕީން ގޮވާލީ މެންބަރުންގެ އިސްތިއުފާ އަށް ކަމަށެވެ.

ދާދި ފަހުން ޗައިނާގައި ބޭސްވެފައިވާ ސައުތު އެފްރިކާގެ ކުންފުންޏަކާ ގުޅޭ ގޮތުން ވެސް މީޑިޔާތަކަށް ވާހަކަތައް ފެތުރުނު ކަމަށާއި އެއީ ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.  ޝަރީފު ވިދާޅުވީ، އިންތިހާބުގެ އެއްވެސް ކަމެއްގައި ބޭރު ފަރާތެއްގެ ހިޔާލެއް ނުވަތަ ވަސީލަތެއް ބޭނުން ނުކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް