ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 21:05
މޭޑޭ މުޒާހަރާގެ ތެރެއިން
މޭޑޭ މުޒާހަރާގެ ތެރެއިން
ޓްވިޓަރ
މޭޑޭ ޤައިދީން
މޭޑޭ ޤައިދީއަކު ޙާލު ސީިރިއަސްވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ
ފަރުވާ ދެމުންދަނީ ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދަށް

2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަަކަށް އަނިޔާކުރިކަމަށް ބުނެ ހައްޔަރުކޮށް، ޖަލަށްލީ ޒުވާނެއްގެ ޙާލު ސީރިއަސްވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.

ގ. ފްރެޝް ލައިޓް އުމުރުން 26 އަހަރު އިބްރާހިމް ރަޝީދަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތީ އެހެން މީހުންނާއި ވަކިން އައިސޮލޭޝަންގައިކަމަށް އާއިލާއިން ރާއްޖެ.އެމްވީއަށް މައުލޫމާތު ދިނެވެ. އާއިލާއިން ބުނީ އޭނާގެ ގައިގައި ފޮޅުނަގައި، ޙާލު ދެރަކަމަށް ފެނުނުކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރާއި ބައްދަލު ނުކުރެވޭތީ އޭނާއަށް ވީ ސީދާ ކިހިނެއްކަމެއް ސާފުނުވާކަމަށް އާއިލާއިން ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ރަޝީދުގެ ކައިރީގައި ހޮސްޕިޓަލުގައި އާއިލާ މީހަކަށް ހުރެވޭނެތޯ ސުވާލުކުރުމުން، އޭނާގެ ކައިރީގައި އާއިލާ މީހަކަށް ހުރެވޭނީ ޢީދު ބަންދަށްފަހު، ސަރުކާރުން ހުޅުވުމުން މެޑިކަލް ބޯޑުން ގޮތެއް ނިންމުމަށްފަހުކަމަށް ކަރެކްޝަންސް އިން ބުނިކަމަށް އާއިލާއިން ބުންޏެވެ.

އިބްރާހިމް ރަޝީދުގެ މައްޗަށް މޭޑޭގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލީ އޭނާގެ އަތުގައި އޮތް ފޯނަކުން މަގުމައްޗަށް ވެއްޓުނު ފުލުސް މީހެއްގެ ގައިގައި ޖެހިކަަމަށް ބުނެއެވެ. 

މޭޑޭގެ މައްސަލައިގައި ޖަލަށް ލާފައިވާ މީހެއްގެ ޙާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މީގެ ކުރިންވެސް މޭޑޭގެ މައްސަލައިގައި ހައްޔަރުކުރި މީހަކަށް ފަރުވާ ދިނުން ލަސްވެ، އޭނާ ހޮސްޕިޓަލުގައި މަރުވެފައިވެއެވެ. އެޙާދިސާގައި މަރުވެފައިވަނީ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
19 އޯގަސްޓް 2018 | އާދީއްތަ 03:52
Hamraau
Hamzath ah faruvaa nudhee vaanuvaa neyngey doctor eh thee....avahah ADK ah gendhey
18 އޯގަސްޓް 2018 | ހޮނިހިރު 18:04
Vaanuva
Ahanna egifa oiyy gothuga thibuna medical board akee thikahala ninmun thah ninmaa thaneh nun, ae hama ekani raajjein beyrah jaluga thibey meehun fonuvumah goiyy ninmaa thaneh.. Hama meehaku echekey bunan vaa irah thane dhoreh balaa nulaathi ingey...