ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 21:08
ރައްޔިތުން ނިކުމެ ބަނދަރުމަތީގައި ހެދިފައިވާ ފެންގަނޑުތަކަށް ވެލިއަޅަނީ
ރައްޔިތުން ނިކުމެ ބަނދަރުމަތީގައި ހެދިފައިވާ ފެންގަނޑުތަކަށް ވެލިއަޅަނީ
ރާއްޖެއެމްވީ
ހިރިލަންދޫ މަގުތައް
ހިރިލަންދޫގެ މަގުތަކުގެ ޙާލަތު ދަށްވެ، ރައްޔިތުން ނިކުމެ ވެލިއަޅައިފި
މިމަސައްކަތްކުރީ މަސްވެރިންނާއި އާއްމު ރައްޔިތުން ނިކުމެ

ތ އަތޮޅު ހިރިލަންދޫގެ މަގުތަކުގެ ޙާލަތު ދަށްވެ، ބަނދަރު ސަރަހައްދުވެސް ބޭނުން ނުކުރެވޭ ހިސާބަށް ދިޔުމުން ރަށުގެ ރައްޔިތުން ނިކުމެ މަގުތަކުގައި ޗަކަ ހެދިފައިވާ ތަންތަނަށް ވެލި އަޅައިފިއެވެ.

ހިރިލަންދޫގެ މަސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ކުރި މިމަސައްކަތުގައި 3 ދޯނީގައި 56 ހާހެއްހާ ބަސްތާ ވެލި ގެނެސްފައިވާކަމަށް އެރަށުން މައުލޫމާތު ލިބެއެވެ. އަދި ރަށުގެ 8 މަގަކާއި، ޖެޓީ ސަރަހައްދަށް އެއްކޮށް ވެލި އަޅައި، ވާރޭ ވެހުމުގެ ސަބަބުން ޗަކަހެދިފައިވާ ހުރިހާ ސަރަހައްދަކަށް ވެލި އަޅާފައިވާކަމަށް އެރަށުން މައުލޫމާތު ދިނެވެ. ބަނދަރުމަތި ސަރަހައްދުގައިވެސް ފެންހެދި، ޗަކަވުމުގެ ސަބަބުން އެސަރަހައްދު ބޭނުން ކުރަން އުނދަގޫވެގެން އެތަނަށް ވެލި އެޅިއިރު، ހިރިލަންދޫ ބަނދަރު ހެދުމަށް 50 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. 

އެހެންނަމަވެސް އެރަށުގެ ރައްޔިތުން ބުނީ ބަނދަރުގެ މަސައްކަތަކީ ރައީސް ނަޝީދުގެ ސަރުކާރުން، ބަނދަރުމަތި ސަރަހައްދު ތަރައްޤީކުރުން ހިމެނޭ ގޮތަށް ހަވާލުކުރި މަސައްކަތެއްކަމަށާއި، މަސައްކަތް ނުނިމެނީސް ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ފަހުން އެޕްރޮޖެކްޓްގެ މަސައްކަތް ނިންމީ ބަނދަރުމަތި ތަރައްޤީ ނުކޮށްކަމަށެވެ. އަދި މީގެ އިތުރުން ހިރިލަންދޫ ބިންހިއްކާނެކަމަށް ރައީސް ޔާމީން 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވައުދުވުމަށްފަހު، އެވައުދު ނުފުއްދަވައި، ހިރިލަންދޫގެ ބިން ހިއްކުމަކީ ޚަރަދު ބޮޑު މަސައްކަތެއްކަމުން އެކަން ނުކުރެވޭނެކަމަށް ވިދާޅުވުމުން ރައްޔިތުން ހިތްހަމަނުޖެހިފައި ތިބިކަމަށް އެރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް