ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 18:46
މިއަދު ވިލިމާލެއަށް ވަޑައިގެން އެރަށުގައި ތިބި މީހުންނާ އެކު ފޮޓޯއެއް ނަންގަވަނީ
މިއަދު ވިލިމާލެއަށް ވަޑައިގެން އެރަށުގައި ތިބި މީހުންނާ އެކު ފޮޓޯއެއް ނަންގަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިބޫ މިއަދުވެސް މާލޭ އައި ވިލިމާލޭގެ ބައެއް ގެތަކަށް
ވިލިމާލޭގައި އޮތް ސައެއްގައި އިބޫ ބައިވެރިވެވަޑައިގެންނެވި

ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މާލެ އާއި ވިލިމާލޭގައި އާންމު ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވައިފި އެވެ.

އިބޫ ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ މާލޭގެ ހެންވޭރުގެ ބައެއް ގެތަކަށް ވަޑައިގެންފަ އެވެ. އެ ގެތަކަށް ވަޑައިގެން އެ އެގެތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލު ކުރައްވައި، ދިރިއުޅުމުގެ ހާލަތު ވަނީ ބައްލަވާލައްވާފަ އެވެ. އަދި އާންމުން ވަނީ އެމީހުނަށް ދިމާވެފައިވާ ދަތިތައް އިބޫއާ ހިއްސާ ކުރައްވާފަ އެވެ.

މާލޭގެ ގެތަކަށް އިބޫ ވަޑައިގަތުމުގެ ތެރެއިން:- އެމަނިކުފާނު މިއަދު ވެސް ވަނީ ގިނަ ގެތަކަށް ވަޑައިގެންފައި 

ވިލިމާލެއަށް އިބޫ ވަޑައިގެންނެވީ މެންދުރު ފަހުގެ ވަގުތެއްގައި އެވެ. އަދި ވިލިމާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން އެތަނުގައި އޮތް ހަވީރުގެ ސައެއްގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެތަނުގައި ކޯލިޝަނަށް ތާއިދު ކުރާ އާންމުންނާ އިބޫ ބައްދަލު ކުރެއްވި އެވެ.

އާންމުން ވަނީ އިބޫއާ ބައްދަލުކޮށް އެމީހުންގެ ހިޔާލާ މަޝްވަރާތައް އެމަނިކުފާނާ ހިއްސާ ކުރައްވާފަ އެވެ.

އިބޫ މީގެ ކުރިންވެސް ވިލިމާލެއަށް ވަޑައިގެން ބައެއް ގެތަކަށް ޒިޔާރަތްކުރައްވާފައިވެ އެވެ. އަދި މާލޭގެ ބައެއްގެ ގެތަކަށް ވެސް އެމަނިކުފާނު ވަޑައިގެންފައިވެއެވެ. އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން އިބޫ އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް