ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 18:43
ތިނަދޫ އިސްލާމީ މަރުކަޒުގައި ޝަހީމް ހިންގެވި ސިޔާސީ ހަރަކާތް
ތިނަދޫ އިސްލާމީ މަރުކަޒުގައި ޝަހީމް ހިންގެވި ސިޔާސީ ހަރަކާތް
ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބު 2018
ހުރުމަތެއް ކަނޑައެއް ނުލަން، އެއީ މިސްކިތަކަށް ނުވެ ހުރި ކޮންސްޓްރަކްޝަން ސައިޓެއް: ޝަހީމް
އެތަނަކަށް ނުވަންނަ ކަމަށް ޝަހީމް ވިދާޅުވި
އެތަނުގެ ހުރުމަތް ކަނޑާލާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި
އެ އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ހުރުމަތް ކަނޑާލާފައި ނުވާނެ ކަމަށާއި އެތަނަކީ މިސްކިތަކަށް ނުވެ ހުރި ކޮންސްޓްރަކްޝަން ސައިޓެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޝަހީމް ވަނީ ޕީޕީއެމް ސަޕޯޓަރުންނާ އެކު ތިނަދޫ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ފޮޓޯތަކެއް ނަގާފައެވެ. އަންހެނުންނާއި ފިރިހެނުން ގައިގޯޅި ކޮށްގެން ޕީޕީއެމުން ހިންގި އެ ހަރަކާތާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ޝަހީމަށް ވަނީ އަމާޒުވެފައެވެ.

ތިނަދޫ ދެކުނު ދާއިރާގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒަކީ އިމާރާތް ކުރަމުންދާ ތަނެއް ކަަމަށާއި އެތަނުގެ ތެރެއަށް އެބޭފުޅުން ވަދެފައި ނުވާނެ ކަމަށެވެ. އެތަނުގެ ހުރުމަތް ކަނޑާލާފައި ނުވާނެ ކަމަށާއި އެ ބޭފުޅުން އިށީނދެގެން ތިބީ އެތަނުގެ ސިޑިމަތީގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެތަނުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ "ރަން ރީނދޫ ކުލައިގެ ގުއްބާއި މުންނާރު" ދުނިޔެއަށް ދައްކާލުމުން އެ ކަން ހަޖަމް ނުކުރެވިގެން ކަމަށެވެ.

އަޅުގަނޑުމެން އެތާ އެތެރެއަކަށް ވެސް ނުވެސް ވަންނަމު. އަޅުގަނޑުމެން ފޮޓޯއެއް ނެގީ އެތާގެ ބޭރުގަ، ސިޑިމަތީގަ. އެތުނުގެ އެތެރެއަށް އަޅުގަނޑުމެންގެ މީހުން ނުވަދޭ. އެއީ އަދި އިމާރާތް ކުރަމުންދާ ތަނެއް. އެއީ އަދި ނިމިފަ ހުރި ތަނެއް ނޫން. އެއީ ކޮންސްޓްރަކްޝަން ސައިޓެއް. އެތަނަށް ޒިޔާރަތް ކުރީ އެތަން ބަލަން. ހަގީގަތުގަ ވީގޮތަކީ އެ ބޮޑު ހައިބަތުން ފުރިގެންވާ އިސްލާމީ ބިނާ، ދުށުމަށް އެ މީހުންގެ ހިތްތައް ނުކުޅެދުން. ހަގީގަތުގަ ވީގޮތަކީ އެ ބޮޑު ހައިބަތުން ފުރިގެންވާ އިސްލާމީ ބިނާ ދުށުމަށް އެ މީހުންގެ ހިތްތައް ނުކުޅެދުނީ. އެ މީހުން އެތަނަށް އެއްވެފައި ތިބި މީހުންގެ އެ ފޮޓޯ އެ މީހުންނަށް ހަޖަމު ނުކުރެވުނީ.

އަންހެން ވެރިންނާ އެކު އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ޝަހީމް ފޮޓޯ ނަގާފައި. ފޮޓޯ/ ޓްވިޓަރ

ޝަހީމް އެހެން ވިދާޅުވިއިރު، ސޯޝަލް މީޑިއާގައި ފެންނަ ފޮޓޯތަކުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީޝާޓުތަކެއް ލައިގެން ތިބި މީހުންނާއެކު ޝަހީމް ފޮޓޯ ނަގާފައި ވަނީ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައެވެ.

އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވިދާޅުވީ ޝަހީމްގެ އެ އަމަލަކީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
18 އޯގަސްޓް 2018 | ހޮނިހިރު 14:43
އައިމިނާ
އެކަމަކު ބުނާއަޑުއިވޭ ހުރިހާމަސައްކަތެއްނިމިފައޭ ހުންނާނީ