ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 15:25
ފަރަށް އެރި ލޯންޗު
ފަރަށް އެރި ލޯންޗު
އެމްއެންޑީއެފް
ދެކުނު ފަރާތު ނެރު
މާލެ ދެކުނުފަރާތު ނެރުމައްޗަށް އެރި ލޯންޗްގެ ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
މާލެ ދެކުނު ފަރާތު ނެރުމައްޗައް އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗު އަރާފައި ވަނީ މިއަދު ހެނދުނު

މާލެ ދެކުނު ފަރާތު ނެރުމައްޗަށް އެރި ލޯންޗެއްގެ ބައެއް ސާމާނު އޮޔާދާތީ އެއަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެ ދެކުނު ފަރާތު ނެރުމައްޗަށް އެރި އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗުގެ ބައެއް ސާމާނު އޮޔާދާ ކަމަށެވެ. އެހެންކަމުން އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މާލެ ދެކުނު ފަރާތު ނެރުމައްޗަށް މިލޯންޗު އެރީ ހޮނިހިރު ދުވަހު ހެނދުނު 07:12 ހާއިރު ކަމަށެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާ ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މާލެ ދެކުނު ފަރާތު ނެރުމައްޗަށް މީގެ ކުރިން ވެސް ލޯންޗުފަހަރާއި އޮޑިފަހަރު އަރާ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ކަނޑު ގަދަ ދުވަސްވަރު ދެކުނުފަރާތު ނެރު ބޭނުން ކުރުމަކީ ވެސް ނުރައްކާތެރި ކަމެއް ކަމަށް ވެސް ބައެއް އޮޑިވެރިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް