ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 15:32
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތު
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އޮޅުވާލަނީ ޕާޓީތަކުން، ޖިނާއީ ދައުވާކުރާނަން: ޝަރީފު
ފޯމުތައް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު އެނގޭ
ޖިނާއީ ދައުވާ ކުރާނަން
ހަގީގަތާ ހިލާފު ހަބަރުތައް ފަތުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނަން

ރީ-ރަޖިސްޓްރޭޝަންގެ ކަންކަމުގައި އޮޅުވާލާފައި ވަނީ ސިޔާސީ ޕާޓީތަކުން ކަމަށާއި އެފަރާތްތަކާ މެދު ޖިނާއީ ދައުވާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދައްކުރާއްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ފޯމެއް ރީރަޖިސްޓަރ ކުރުމަށް ވައްދާފައި އޮވެގެން ނޫނީ އެފޯމެއް ސިސްޓަމަށް އެންޓަރކޮށްފައި ނުވާނެ ކަމަށެވެ. އޮޅުވާލާފައި ވާ ނަމަ އޮޅުވާލާފައި ވަނީ ފޯމު ވެއްދި ފަރާތްތައް ކަމަށް ޝަރީފު ވިދާޅުވިއެވެ.

" އޮޅުވާލާފައިވާނަމަ އޮޅުވާލާފައިވަނީ ސިޔާސީ ޕަޓީތަކުން. ނުވަތަ ފޯމުތައް ހިފައިގެން އިލެކްޝަންސް ކޮމިޝަނަށްއާއި ފަރާތްތައް. އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައި މިކަން ނޭޅުވޭނެ." ޝަރީފު ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަންގެ މައުލުމާތު ލަސްވެގެންދަނީ ވެސް ފޯމުތައް ވައްދާފައިވާ ފަރާތްތަކުން އޮޅުވާލުމުން ކަމަށާއި އެކަންކަން އިލެކްޝަންސް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެމަސައްކަތްތައް ނިމިފައިވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެމައުލޫމާތުތައް ހާމަކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ފޯމު ވައްދާފައިވާ ފަރާތްތަކާއި, އެއީ ކޮން ޕާޓީއެއްގެ ފޯމުތައްކަން އެނގެން އެބަހުރި ކަމަށާއި އިންތިހާބީ ކަންކަން އޮޅުވާލުމަށްޓަކާއި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ދައުވާކުރާނެ ކަމަށާއި އެމީހުނަށް ލިބެން ޖެހޭ އަދަބު އޮންނަ އުސޫލެއްގެ ތެރެއިން ދެއްވާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިންތިހާބީ ކަންކަން އޮޅުވާލުމަށް މަސައްކަތްކުރާ ފަރާތްތައް ކައިރިން ބަލާ ފިޔަވަޅު އަޅާނެ ކަމަށާއި މީޑިއާތަކުން ވެސް އިލެކްޝަންސްގެ ބަސް ނުހޯދާ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ކަމުގައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް