ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 15:38
ރައީސް އަބްދުﷲ ޔާމީން: އެމްއެންޔޫ ރިޔާސީ ބަހުސްގެ ދައުވަތު ވަނީ ގަބޫލު ކުރައްވާފައި
ރައީސް އަބްދުﷲ ޔާމީން: އެމްއެންޔޫ ރިޔާސީ ބަހުސްގެ ދައުވަތު ވަނީ ގަބޫލު ކުރައްވާފައި
ގޫގުލް
ރިޔާސީ އިންތިހާބު 2018
ގައުމީ ޔުނިވާސިޓީގެ ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ގަބޫލު ކުރައްވައިފި
ރާއްޖެޓީވީން ވެސް ވަނީ ރިޔާސީ ބަހުސް ބާއްވަން ނިންމާފައި
ރާއްޖެޓީވީގެ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ރައީސަށް ވަނީ އަރުވާފައި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރައްވައިފިއެވެ.

އެމްއެންޔޫ ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ގަބޫލު ކުރެއްވިކަން ހާމަކުރެއްވީ ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވިޓް ވީޓެއްގައެވެ. 

އެމްއެންޔޫ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ރައީސް ޔާމީން ގަބޫލު ކުރައްވާފައިވާއިރު، ރިޔާސީ ކެންޑިޑޭޓުންނާއި ރަނިން މޭޓުންގެ މެދުގައި ބޭއްވުމަށް، ރާއްޖެޓީވީން އިންތިޒާމުކުރާ ބަހުސްގެ ދައުވަތު ވެސް ރައީސް ޔާމީނަށް ވަނީ އަރުވާފައެވެ. އެ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަށް އެދި ދެ ވަނަ ދައުވަތު ރައީސް ޔާމީނަށް ރާއްޖެޓީވީން އަރުވާފައި ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ރާއްޖެޓީވީން އެރުވި ދައުވަތު ރައީސް ޔާމީނާއި ޑރ. ޝަހީމް އަދި ގަބޫލު ނުކުރެއްވި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވަނީ ދައުވަތު ގަބޫލުކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް