ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 12:58
ސިވިލް ސާވިސްގެ ރައީސް ސިޔާސީ ހަރަކާތެއްގައި ޒުވާނުންނާ ބައްދަލުކުރައްވަނީ
ސިވިލް ސާވިސްގެ ރައީސް ސިޔާސީ ހަރަކާތެއްގައި ޒުވާނުންނާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ސިވިލްސާވިސް ކޮމިޝަނުގެ ރައީސް، ސިޔާސީ ޙަރަކާތްތަކުގެ އެންމެކުރީގައި!
ބައެއް ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައި
ސިވިލް ސާވިސްގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ކެމްޕޭނުގައި ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް ރައީސް ޑރ. ޢަލީ ޝަމީމު ބައިވެރިވެ ވަޑައިގަތުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒްވެއްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. ޝަމީމަށް ފާޑުކިޔުން އަމާޒުވީ ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހުވަދު އަތޮޅު ދެކުނު ބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިގެން ކުރިއަށް ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކުއެވެ.

ޑރ. ޝަހީމާއި ނާއިބު ރައީސް ޖިހާދު ހުވަދު އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ސިވިލް ސާވިސްގެ ރައީސް ޑރ. ޝަމީމް އެ ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު ވެސް މި ބައްދުލުވުންތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން ޒުވާނުން ކޮޅަކާ އެކު ބައްދަލުވުމެއްގައި ޝަމީމް ވާހަކަ ދައްކަވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ރައީސް ޔާމީންގެ ކެމްޕޭން ޙަރަކާތްތަކުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ފެނިފައިވާއިރު، "މަޤާމުގެ ޙައިސިއްޔަތުން ލިބޭ ބާރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރުފޯރުވަން ނުވަތަ ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ،" ކަމަށް ސިވިލް ސާވިސްގެ ޤާނޫނުގައި ބުނެފައި ވެއެވެ.

ނާއިބު ރައީސް އާއި ޑރ. ޝަމީމް ޒުވާނުންތަކަކާ އެކު

ސިވިލް ސާވިސްގެ ޤާނޫނުގައި އެކޮމިޝަނުގެ މަސައްކަތްތައް ބަޔާންކުރާ މާއްދާތަކުގައި ވެސް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ރައީސް ޔާމީން ކެމްޕޭން ޙަރަކާތަކުން ސީއެސްސީގެ ރައީސް ފެނިފައިވާ އިރު ސިވިލް ސާވިސްގެ އޮފީސްތަކުގެ ގޮތުގައި ހިމެނޭ ތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 އޯގަސްޓް 2018 | ހޮނިހިރު 18:51
Hassan
Boa vatteh hen hadhaa, boluga hulhijahaa, athugayaa karuga fah alhaafa thi thibee zuvaanunno, ladhun boa halaaku.