ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 13:05
ހަންޏާމީދޫގައި ބެހެއްޓި އަބުރުފުޅު ފަންޑު ފޮއްޓަށް މީހަކު ފައިސާ ހަދިޔާކުރަނީ
ހަންޏާމީދޫގައި ބެހެއްޓި އަބުރުފުޅު ފަންޑު ފޮއްޓަށް މީހަކު ފައިސާ ހަދިޔާކުރަނީ
ރާއްޖެއެމްވީ
އަބުރުފުޅު ފަންޑު
ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮއްޓެއް ހަންޏާމީދޫގައި ހުޅުވައިފި
ރާއްޖެ ޓީވީއަށް އެހީތެރިވުމަށް ފަންޑު ފޮށި ބެހެއްޓީ އެރަށު އެމްޑީޕީ އޮފީހުގައި
ރާއްޖެޓީވީ ނައްތާލުމަށްކުރާ މަސައްކަތް ނާކާމިޔާބުކޮށް، ރައްޔިތުންގެ ޓީވީ ރައްޔިތުން ހިމާޔަތް ކުރާނެ

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ދެމިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުން އދ. ހަންޏާމީދޫގައި އެރަށުގައި ރައްޔިތުން އަބުރުފުޅު ފަންޑު ފޮށި ބަހައްޓައިފިއެވެ.

ހަންޏާމީދޫ ރައްޔިތުން އިސް ނަގައިގެން ރާއްޖެ ޓީވީއަށް އެހީތެރިވުމަށް ފަންޑު ފޮށި ބެހެއްޓީ އެމްޑީޕީ އޮފީހުގައެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބްރޯޑްކޮމްއިން ހިންގާ ޖަރީމާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން މި ފަންޑަށް އެހީތެރިވަމުންނެވެ.

އެރަށުގެ މީހަކު ބުނީ ރާއްޖެޓީވީ ނައްތާލުމަށް ކުރާ މަސައްކަތް މާތްﷲގެ އިރާދަފުޅާ އެކު ނާކާމިޔާބު ކުރާނެ ކަމަށާއި، ރައްޔިތުންގެ ޓީވީ ރައްޔިތުން ހިމާޔަތް ކުރާނެ ކަމަށެވެ.

ރާއްޖެ ޓީވީ ޖުރިމާނާ ކުރުމުން އަބުރުފުޅު ފަންޑު ހުޅުވައިދެއްވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކައި އަބުރުފުޅު ފަންޑު އިބޫ ހުޅުއްވައިދެއްވުމާ އެކު، ރާއްޖެޓީވީއަށް ތާއީދުކުރާ ގިނަ ފަރާތްތަކުން އަންނަނީ އެކި ރަށްރަށުގައި ފަންޑު ހުޅުވަމުންނެވެ.

މިއީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރު މަތިން ޖުމުލަ 1.7 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް