ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 06:44
ޝަހީމް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ތިނަދޫ މިސްކިތުގެ ސިޑިމަތީގައި
ޝަހީމް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ތިނަދޫ މިސްކިތުގެ ސިޑިމަތީގައި
ސޯޝަލް މީޑިއާ
ރިޔާސީ ރޭސް 2018
ކެމްންޕެއިނަށް މިސްކިތް ބޭނުން ކުރުމަކީ ނުބަޔަކަށް ހުޅުވިގެންދިޔަ ނުރައްކާތެރި ދޮރެއް: ޝެއިޚް އަނިލް
ސިޔާސީ މަންފާއަށްޓަކާ މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ ހިތާމަވެރި ހުތުރު އަމަލެއް
މިސްކިތު ހަރިންމަ ތެރޭގައި ސިޔާސީ ހަރަކާތް ހިންގާފައިވޭ

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިސްކިތް ބޭނުން ކުރެއްވި ކުރެއްވުމަކީ ބޮޑު ވެގެންވާ ނުބަޔަކަށް ހުޅުވިގެންދިޔަ ނުރައްކާތެރި ދޮރެއް ކަމަށް ޝެއިހް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޝައިޚް އަނިލް

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިޔާސީ ހަރަކާތް ހިންގައި، ދެ ޖިންސްގެ މީހުންނާއެކު އެ މިސްކިތުގެ ސިޑިމަތީގައި ތިބެ ފޮޓޯ ނަގައި ހެދި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި, ޝެއިޚް އަނިލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެ ކަމަށާއި  އެހެނަސް ތިމާގެ ސިޔާސީ މަންފާއަށްޓަކާ މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ ހިތާމަވެރި ހުތުރު އަމަލެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް، ތިނަދޫގެ މިސްކިތުގެ ހަރިންމަ ތެރޭގައި ސިޔާސީ ހަރަކާތް ހިންގާފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން މިސްކިތްތަކުގައި ސިޔާސީ ހަރަކާތް ހިންގައިގެން ނުވާނެ އެވެ. 

ޝަހީމް ކަނބަލުންނާއެކު މިސްކިތުގެ ސިޑިމަތީގައި

ސިޔާސީ ޕާޓީތަކުން ތަބާވާން ޖެހޭނެ ސުލޫކީ މިންގަނޑު ބަޔާން ކުރާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 44 ވަނަ (ބ)ގައި ބުނެފައި ވަނީ މިސްކިތްތަކާއި ސިއްހީ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ތަންތަނަކީ ސިޔާސީ ހަރަކާތްތައް ބާއްވާ ތަންތަން ކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް