ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 02:57
ބާބިކިޔު ސަރަހައްދުގައި އިބޫ ފޮޓޯއަކަށް ހުއްޓި:-ހުޅުމާލެ ތަރައްގީ ކުރާނެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވި
ބާބިކިޔު ސަރަހައްދުގައި އިބޫ ފޮޓޯއަކަށް ހުއްޓި:-ހުޅުމާލެ ތަރައްގީ ކުރާނެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހުޅުމާލެ އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް އެބަ އޮތް، މަޝްރުއޫތައް ހިންގާއިރު ކޮރަޕްޝަނެއް ނުފެންނާނެ: އިބޫ
ބާސްކެޓް ކުޅޭނެ ކޯޓެއް މިހާރު ނެތް ކަމަށް ވިދާޅުވި

ހުޅުމާލެ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރުމުގެ ޕްލޭންތައް އެބަހުރި ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.  

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ބާބުކިޔުގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހުޅުމާލޭގައި ނުކުރެވިވާ ކަމަށެވެ.

"މިތަނުގައި ނެތް ބާސްކެޓް ކުޅޭނެ ކޯޓެއް ވެސް. އެންމެ ފަހުން އޮތް ކޯޓު ވެސް ސަރުކާރުން ވަނީ އެ ކުޅެން ތިބި ކުދިން ސަރުކާރަށް ތާއިދު ނުކުރާތީ އޭ ކިޔާފައި ތަޅާލާފައި. މި ފަދަ ކިތަންމެ ކަމެއް އެބަހުރި. ޒުވާނުންނަށް ކޮށްދެވިދާނެ ކިތަންމެ ކަމެއް މިތަނުގައި އެބަހުރި،" އިބޫ ވިދާޅުވި އެވެ. 

ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަލުން ހިންގަވަން ފައްޓަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫއު އާއި ތަރައްގީގެ އެހެން މަޝްރޫއުތައް ހިންގަވާނީ ކޮރަޕްޝަން ނުހިމެނޭ ގޮތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާއި ވައްކަމަށް މަގު ފަހިނުވާ ގޮތައް. ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ސުވާލު އުފެދޭ ކަންތައްތަކެއް މިހާރު ފެންމަތިވެގެން މިދަނީ. އެއީ ހައުސިން ކަމަށްވިއަސް، ބްރިޖު ކަމަށްވިއަސް އަދި ހޮސްޕިޓަލެއް ކަމަށްވިއަސް. ހަމަ ގައިމު ވެސް އެކަމެއް އަޅުގަނޑުމެންގެ ވެރިކަމުގައި ނުފެންނާނެ. އެހެން ކަމަށްވެއްޖެއްޔާ އެ ފައިސާ އެއަށް ވުރެ މާގިނަ ކަންތައްތައް ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ބާބުކިޔުގައި އިބޫ ބައިވެރިވަޑައިގަންވަނީ

އިބޫ އިތުރަށް ވިދާޅުވީ ބައެއް މަޝްރޫތައް އަވަސް މިނުގައި ނުނިމި ވަނީ ވެސް ކޮރަޕްޝަނާއި ވައްކަން އެކުލެވިފައިވާތީ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ރައްޔިތުންގެ ފައިސާ އިސްރާފު ނުވާނެ ގޮތައް ކަމަށް ވެސް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.  

މީގެ އިތުރުން ހައުސިން ސްކީމެއްގެ ދަށުން ލޯނު ދޫރައްވާނެ ކަމަށާއި އެ ލޯނު ދެއްކޭނެ ފަސޭހަ ގޮތްތަކެއް ތައާރަފު ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ. ހުކުރު ދުވަހުގެ ބާބުކިޔުގައި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ބައިވެރިވި އެވެ.      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް