ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 02:28
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެކެންޑިޑޭޓުން އިބޫ(ކ) އަދި ރައީސް ޔާމީން
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެކެންޑިޑޭޓުން އިބޫ(ކ) އަދި ރައީސް ޔާމީން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
މާދަމާއިން ފެށިގެން ކެންޑިޑޭޓުންނާ ރަނިންގމޭޓުންނަށް ސެކިއުރިޓީ ދޭން ފަށަނީ
މާދަމާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާނެ
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުން

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ހޮނިހިރު ދުވަހުން ފެށިގެން ސެކިއުރިޓީ ދޭން ނިންމާފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު އުމަރުގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓުގައި ވިދާޅުވީ އިންތިޚާބު ތަކާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން ހޮނިހިރު ދުވަހުން ފެށިގެން ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންނާއި ރަނިންގމޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށާނެކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް  އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅިފައިވާ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން އިލެކްޝަންސް ކަމިޝަނުންވެސް ވަނީ އެމްއެންޑީއެފްގައި އެދިފައެވެ. އެ ކަމިޝަނުން ވަނީ ހޮނިހިރު ދުވަހު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ހާމަކުރާނެކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް