ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 02:25
ނިހާން: އިބޫއަށް ވުރެ ބޮޑަށް ނިހާންގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ރައީސް ނަޝީދަށް
ނިހާން: އިބޫއަށް ވުރެ ބޮޑަށް ނިހާންގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ރައީސް ނަޝީދަށް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ދޮޅި ދަށަށް އަތްލައި ޒުވާބު ކުރާ ހިސާބަށް ވެސް މިފަހަރު ދާންވާނެ: ނިހާން
އެގޮތަށް އިލްތިމާސް ކުރެއްވީ ޕީޕީއެމް ސަޕޯޓަރުންނަށް
ނިހާންގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒު ކުރެއްވީ ނަޝީދަށް
މައުމޫން ޖަލަށްލީ އައްޗިކޮށް އުޅުއްވުމުން ކަމަށް ވިދާޅުވި

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ދަތްދޮޅި ދަށަށް އަތްލައި ޒުވާބު ކުރަން ޖެހިއްޖެއްޔާ އެ ހިސާބަށް ވެސް ދާންވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް "ރުމާލު 2" ޖަގަހާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ގޮސް ތިބި މީހުންނަށް އިލްތިމާސްކޮށް ނިހާން ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިންގެ ފޯރި ހިފެހެއްޓުމުގެ ގޮތުން، ދޮޅި ދަށަށް އަތްލައި ޒުވާބު ކުރަން ޖެހުނަސް، "ކަންމަތީގައި" ވެސް އެކަން ކުރަންވާނެ ކަމާށެވެ.

"ހިތްވަރު ކުރައްވާ، ވަރުގަދައަށް ފޯރި ހިފަހައްޓަވާ، ތިޔަ ކަހަލަ ސްޓޭޖުތަކަށް އަރުއްވާނެ އަންހެން ކަނބަލުންނާއި މި ގައުމުގެ ކެރޭ ޒުވާނުން، އަޅުގަނޑުމެންނާއެކު އެބަ ތިބި. ފޯރީގަ ނުކުންނާނެ އިރާދަކުރެއްވިއްޔާ. ކަންމަތީގަ ދޮޅި ދަށަށް އަތްލާ ޒުވާބު ކުރަން ޖެހިއްޖެއްޔާ އެ ހިސާބަށް ވެސް ދާންވާނެ މި ފަހަރު،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވިއެވެ.

ރުމާލު ދޭ ޖަގަހަގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަފުޅު ދައްކަވަނީ: ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވި-- ފޮޓޯ/ ރާއްޖެއެމްވީ

"ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ނިހާންގެ އިތުރުން އެހެން ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ސަރުކާރު ހިންގާ ޕާޓީގެ އިވެންޓެއް ކަވަރު ކުރުމަށް ގޮސް ތިބޭ ނޫސްވެރިންނަށް އަމާޒުކޮށް، މީގެ ކުރިން ވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ހުކުރު ދުވަހުގެރޭ ވެސް ފެނިގެންދިޔައީ އެފަދަ މަންޒަރުތަކެވެ.

ނިހާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަށް ގެންނަން އުޅެނީ އެމަނިކުފާނަށް "ލޮޓިއެއް" ދޭން ކަމަށެވެ. އެކަމުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ނިހާން ތުހުމަތު ކުރެއްވިއެވެ.

"މުހައްމަދު ނަޝީދާއި ކެނެރީގޭ މީހުން ބައިއަތު ހިފައިގެން މިއުޅެނީ އިބްރާހިމް މުހައްމަދު ސޯލިހަށް ލޮޓިއެއް ދޭންވެގެން. ނިކަން ބަނިޔާދަން، މަޑުމޮޅިކޮށް ހުންނެވި ޅ. އަތޮޅު ހިންނަވަރު ބޭފުޅެއް. އޭނާ ލައްވާ މިއުޅެނީ ދޮޅު އަހަރު ދުވަހުގެ ވެރިކަމެއް ކުރުވާފަ، ބާކީ ބައި ފޭރިގަންނަން. މިކަމަށް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވެސް ނޫނެކޭ ވިދާޅުވާކަށް ކެރިވަޑައި ނުގަންނަވާނެ" ނިހާން ވިދާޅުވިއެވެ. 

ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހާއްސަކޮށްފައިވާ "ތިޔައީ ޒައީމޭ،" ލަވަ، އެމްޑީޕީ ހަރުގެތަކުގައި ޖަހަމުން ދާތީ، ނިހާން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑީއާރްޕީ އުފެދިގެން އައިއިރު ރައީސް މައުމޫންގެ އިސް ނެންގެވުމަށް ސިޔާސީ ދާއިރާއަށް ނެރުއްވި ޒުވާނުންގެ ތެރޭގައި ހިމެނޭ ނިހާން ހުކުރު ދުވަހުގެ ރޭ ވިދާޅުވީ ރައީސް މައުމޫން ޖަލަށްލީ "އައްޗިކޮށް" އުޅުއްވުމުން ކަމަށެވެ.

މިއަދު މި ޖެހެނީ ތިޔައީ ޒައީމޭ، ޖަހަން ޖަގަހާގައި [އެމްޑީޕީ ހަރުގެތަކުގައި]. ކޮބާ ލަދު! އަދިވެސް އަޅުގަނޑުމެން އޭރުގެ ލޮބުވެތި ޒައީމުގެ ވާހަކައެއް ނުދައްކަން. ހަމަ ތިބީ ރީއްޗަށް. އެމަނިކުފާނު ވެސް އައްޗިކޮށް އުޅުއްވީމަ، އެ އޮތީ ގާނޫނީ އިމުގެ ތެރެއިން ގޮޅީގައި. ކަމަކާ ލައިގެން. ސާބިތުވާ މިންވަރަށް ކަމަކާ ލައިގެން،

ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން، ޕީޕީއެމުން ވަނީ ސިލްސިލާ ޖަގަހަ ޖަލްސާތަކެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ސިލްސިލާ ޖަލްސާތަކެއް ކުރިއަށް ގެންދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
18 އޯގަސްޓް 2018 | ހޮނިހިރު 01:53
ވެލިރޮދި
ހޫނ. ނިހާން ތިޔަދިނީ ވަރަށް ނުބާ ވޯނިންގެއް ޒަމީރު ބުނެގެން ކުރިކަމަކަސް. އިބޫ އަކީ ރިޔާސީ އިންތިހާބްގާ ވާދަކުރާ ކެނޑިޑޭޓެއް. އިބޫ އަށް ތިޔަ ދިނީ ތްރެޓެއް. ނުވަތަ ތްރެޓެއް އުފައްދަން ތިޔަ ހުޅުވާދިނީ ދޮރާއްޓެ. އިބޫގެ ޖާނަށް މާލަށް ވާ ކޮންމެ ގެއްލުމެއްގެ އަގު ނިހާން ނަގަން ރެޑީވެ. ނުނެގިޔަސް އަންނާނީ ވެސް ނިހާން އުނގަށް
18 އޯގަސްޓް 2018 | ހޮނިހިރު 01:35
ޙައްވަ
ކިތަންމެ ގިނައިން ރައްޔިތުންގެ ފައިސާ ކެޔަސް، އަމިއްލަ ދުލުން އެންމެންގެ ކުރިމަތީގައި އިޢުތިރާފު ވިޔަސް އެއީ އައްޗިކޮން އުޅުން ކަމަށް ނުވަނީ މިއީ ސަދޫމު ކަމަށްވާތީ . ދޮންކެޔޮ ވިއްކާ މީހަކު ކިތަންމެ އަނގަފެތުރިޔަސް ހަގީގަތު ބަދަލެއް ނުކުރެވޭނެ