ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 23:11
މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހިންގެ ބަޔަކު
މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެހިންގެ ބަޔަކު
ފޭސްބުކް
ހައްޖުވެރިން
ބޮޑު ހިތްހަމަ ޖެހުމެއް! ދިވެހި ހައްޖުވެރިންނަށް ފުރޭނެ ގޮތް ހަމަޖެހިއްޖެ
ފުރުން މާދަމާ ހަވީރު 5:00 ގައި

އިތުރު ކޯޓާގައި މިއަހަރު ހައްޖަށް ދިއުމަށް ހަމަޖެހުމަށް ފަހު ފުރޭނެ ގޮތް ނުވެފައި ތިބި 396 މީހުންނަށް ފުރޭނެ ގޮތް ސައުދީ އެއާލައިނުން ހަމަޖައްސާފައިވާ ކަމަށާއި ހޮނިހިރު ދުވަހު ހަވީރު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ހަވާލުގައި ދާ އެންމެންގެ ފުރުން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު 5:00 ގަ އެވެ. އެ މީހުން ސައުދީ އަރަބިއްޔާއަށް ދާނީ ސައުދީ އެއާލައިންގެ ފްލައިޓެއްގަ އެވެ. 

އެ އެންމެންގެ ވިސާ އާއި މައްކާ އާއި މަދީނާގައި ތިބުމާއި ހައްޖުގެ އަޅުކަމުގެ އެހެން އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ އޮފިޝަލް ވިދާޅުވި އެވެ. 

"ސައުދީ އެއާލައިންގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކުން މިފަދަ ބުރޫއެއް މި އެރީ. ވަރަށް ބުރަކޮށް މަސައްކަަތްކޮށްގެން މިކަން ﷲ ގެ ރަހްމަތްފުޅާއެކު ކާމިޔާބު މިވީ. އިރާދަކުރެއްވިއްޔާ ދިވެހި ހުރިހާ ހާޖީންނަށް ހައްޖުގެ އަޅުކަން ފުރިހަމައަށް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ އަށް ލިބުނު އިތުރު ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 396 ހައްޖާޖީން ފުރުމަށް ހަމަޖައްސާފައި އޮތީ ހުކުރު ދުވަހު ހަވީރު 3:30 ގަ އެވެ. ނަމަވެސް ފުރުން ލަސްވީ ސައުދީ އެއާލައިންގެ މައްސަލައަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
18 އޯގަސްޓް 2018 | ހޮނިހިރު 00:55
ކިޔުންތެރިއެއް
8vana dhuvahuge rey ves nunidhaa thibe dhathuru kuran jeheinee arafaaa thah dhaan eirun dheveinee
17 އޯގަސްޓް 2018 | ހުކުރު 18:43
ކިޔުންތެރިއެއް
7ހަތްވަނަދުވަހު ފުރައިގެންގޮސް އިހްރާމް ކެނޑުމަށްފަހު ނުވަވަނަދުވަހު އަރަފާޒތަކަށް ނުދެވޭނެ