ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 23:58
ގުޅިފައިވާ ޕާޓީތަކުން ތޮއްޑޫގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުން ތޮއްޑޫގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އަނގަ ހުޅުވަން ނުކެރޭނެ ވަރަށް ޔާމީން ބަލިކުރާނަން: ހަސަން ލަތީފް
ރައީސް ޔާމީން ކަންކަން ކުރައްވާގޮތް އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިފައެއް ނުވޭ

ސިޔާސީ ވާހަކަދައްކަވަން އަނގަ ހުޅުވަން ނުކެރޭނެ ވަރަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. 

އއ. ތޮއްޑޫގައި، ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރާނީ ބޮޑު ބައްޔަކުން ކަމަށެވެ. 

"ހަމައެކަނި ބަލިކުރައްވާނީއަކީ ނޫން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ރައީސް ޔާމީން ބަލިކުރާނަން. ދުވަހަކުވެސް ދުވަހަކުވެސް ރައީސް ޔާމީން ސިޔާސީ ވާހަކަފުޅުދައްކަވަން އަނގަފުޅު ހުއްވާލަންވެސް ނުކެރޭނެފަދަ ބޮޑު ބައްޔަކުން ބަލިކުރާނީ." 

ހަސަން ލަތީފް ވަނީ، ރައީސް އަބްދުﷲ ޔާމީނާއި، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އޮޅުއްވާލުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ތުހުމަތުކުރައްވައިފަ އެވެ. އެގޮތުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ކަންކަން ކުރައްވާ ގޮތް އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިފައި ނުވާނެ ކަމަށެވެ. އިންތިހާބު އޮޅުވާލުމަށް ރައީސް ޔާމީންގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ ކިތަންމެ ވަރަށްކަށް މަސައްކަތްކުރި ނަމަވެސް އިންތިހާބު އޮޅުވާލައިގެން އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.  

އިލެކްޝަންސް ކޮމިޝަނުން ހަދާ މަކަރުތައް ދިރާސާކުރަމުން އަންނަކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހަފްތާއެއް ވެގެންދިޔައިރު، ހުށައެޅުނު ފޯމްތަކުގެ އަދަދު އިލެކްޝަންސް ކޮމިޝަނަށް ބުނެ ނުދެވުުނު ކަމަށެވެ. އަދި ފޯމްތައް ޕްރޮސެސްކުރާ މަރުހަލާ ދެއްކުމަށް ޕާޓީތަކުން އެދިފައިވާނެ ކަމަށާއި، ނަމަވެސް އެ ޕްްރޮސެސް ހިނގާ ތަން ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާތާ ހަތަރު ދުވަސްވެފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެ ހުރިހާ ކަމެއް މި ދަނީ ބަލަމުން، އެ ބޭފުޅުން ނުދެއްކެވިޔަސް އަޅުގަނޑުމެން އެތާ ތެރޭގައި ހިނގާ ކަންކަން ބަރާބަރަށް މި ދަނީ ބަލަމުން. އެ ބޭފުޅުންނަކަށް ވަގަށް ނުހެއްދެވޭނެ"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް